ads
ވޯޓް
ކޯޓުން ހުކުމުން އެއްވަރުވި މީދޫ ކައުންސިލް ރައީސް ހޮވުން އަންނަމަހުގެ 13ގައި
ދ. މީދޫ ކައުންސިލްގެ ރައީސް ހޯވުމަށް ނެގި ވޯޓް އެއްވަރުވުމުން އަލުން އެ އިންްތިހާބު އަންނަމަހުގެ 13 ގައި ބާއްވަން އިލްކެޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
Advertisement

މީދޫ ކައުންސިލްގެ ރައީސްގެ އިންތިހާބު އަލުން ބާއްވަން ޖެހުނީ އެ އިންްތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރި ވޯޓެއް ސައްހަ ވޯޓެއް ކަމަށް ހައިކޯޓުން ނިންމުމުންނެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ މައްސަލަ ބޮޑުވި އެއް ދާއިރާ ކަމަށްވާ ދ. މީދޫ ދާއިރާގެ ރައީސްގެ ވޯޓުގައި، އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.

އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފައެވެ. އެ ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.

އެހެންކަމުން އެ މައްސަލަ ޕީއެންސީން ހައިކޯޓަށް ހުށައެޅި އެވެ. އެ ކޯޓުން އިއްވި ހުކުގައިވަނީ އިލެކްޝަންސް ކޮމިޝަނުން ސުހާއަށް ލިބުނު ވޯޓުގެ ތެރެއިން ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. އަދި ނިންމުމާއި އެއްގޮތަށް އަލުން ނަތީޖާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަން މައްޗަށް ވަނީ އަމުރުކޮށްފައެވެ. 

ހައިކޯޓް މި ނިންމުމާއިއެކު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށާއި އެމްޑީއޭ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބުނު ވޯޓް މިވަނީ އެއްވަރުވެފައެވެ. ކޮންމެ ކެންޑިޑޭޓަކަށް ލިބުނީ 392 ވޯޓެވެ. 

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓު ނެގުން އޮންނާނީ، 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށްކަމަށް އީސީން ބުނެއެވެ.  އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހުކަމަށާއި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 14 ވާ އާދިއްތަ ދުވަހުކަމަށްވެސް އީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;