ads
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދާއި އިބްރާހީމް މުހައްމަދާއި މަޖިލިސް މެމްބަރު މީކާއިލް
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި 3 ގައުމެއްގައި ވޯޓް ފޮށި ބަހައްޓަނީ
ވާދަވެރިކަން ބޮޑުވެފައިވާ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި 3 ގައުމެއްގައި ވޯޓް ފޮށި ބަހައްޓަން ރީ ރެޖިސްޓްރީން ކުރަން ހުޅުވާލައިފިއެވެ.
Advertisement

އެމްޑީޕީން ބުނީ ރާއްޖެއިން ބޭރުގެ ތިން ޤައުމެއްގައި 50  މެންބަރުން ރީ-ރަޖިސްޓްރީކޮށްފި ކަމުގަވަނީނަމަ، ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޓީ ނިންމާފަވާތީ އެކަމަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ވޯޓް ފޮށި ބަހައްޓަން ނިންމާައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލޮމްބޯ އަދި މެލޭޝިޔާގެ ކުއަލަލަންޕޫރުގައިކަމަށް އެމްޑީޕީން ބުނެއެވެ. 

ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާއިރު 50 މެންބަރުން ހަމަނުވާ ޤައުމުތަކަށް ރީ-ރަޖިސްޓްރީކުރާ މެންބަރުން ވޯޓުލާ ތަން ކަމުގައި ވާނީ މިހާރު އިއުލާންކުރެވިފައިވާ ލިސްޓްގައިވާ ތަންކަމަށް އެމްޑީޕީން ބުނެއެވެ. ވީމާ، ރީ-ރަޖިސްޓްރީވާން އެދޭ މެންބަރުން  މިމަހުގެ 22 ވާ ހުކުރު ދުވަހުގެ 14:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ރީ ރެޖިސްޓްރީކުރުމަށް  އެމްޑީޕީން ވަނީ އިއުލާންކޮށްފައެވެ. 

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އޮންނާނީ އަންނަމަހުގެ 12ގައެވެ. 

ޗެއާޕާސަން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނަން ތަރުތީބުކޮށްފައި 

  • ކެންޑިޑޭޓު ނަންބަރ: 1- މުހައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ
  • ކެންޑިޑޭޓް ނަންބަރ 2- އިބްރާހީމް މުހައްމަދު (ވާޑު) ހުދުވިލާގެ/ލ.ފޮނަދޫ
  • ކެންޑިޑޭޓް ނަންބަރ 3- މީކާއީލު އަހްމަދު ނަސީމް  ގ.ބަރޯސާ/މާލެ

މި އިންތިހާބުގައި މީކާއިލްއަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީގައި ތިއްބަވާ އެމްޑީޕީގެ 12 މެމްބަރުން ވަނީ އިއުލާންކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;