ads
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް ޒުވާނުން ފުރަނީ - ފައިލް ފޮޓޯ: ޑިފެންސް މިނިސްޓްރީ
ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗުގެ ބައިވެރިން ދަސްވެނިވެއްޖެ
ސާދަ ހަފުތާގެ ތަމްރީނަށް ފަހުގައި، ނޭޝަނަލް ސާވިސް - ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުން 344 ޒުވާނުން މިއަދު ދަސްވެނިއްޖެ އެވެ.
Advertisement
އެ ދަރިވަރުން ދަސްވެނިވީ ޅ. މާފިލާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.  

ނެޝަނަލް ސާވިސްގެ ތަމްރީނު ނިންމައި ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި އެ ދަރިވަރުންގެ ހިނގާލުން އެ ރަސްމިއްޔާތުގައި ބޭއްވި އެވެ.


މި ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތައުލީމާއި، ލީޑާޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދީފައިވެ އެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަހުލާގާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

މީގެ އިތުރުން، ފަސްޓް އެއިޑާއި ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ހަރަކާތްތައް ދަސްކޮށްދީފައިވާއިރު، އަސްކަރީ ތަމްރީނުގެ ހަރަކާތް ތައާރަފުކޮށްދިނުންވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. 

your imageނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ފުރަތަމަ ބުރުން ޖާގަ ލިބުނު 340 މީހުން ފުރަނީ -- ފައިލް ފޮޓޯ: ޑިފެންސް މިނިސްޓްރީ

ދެވަނަ ނޭޝަނަލް ސާވިސް ޓްރެއިނިން ކޯހުގައި 112 ރަށަކުން 350 ދަރިވަރުން މިއަދު ތަމްރީނު ފުރިހަމަ ކުރި އެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެކެވެ.  

މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 344 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. އޭގެތެރެއިން، ބައެއް ދަރިވަރުން ބ. ކިހާދޫގައި ތަމްރީނު ހަދަމުން އަންނައިރު، ބޭނުންވާ ބާކީ ކުދިންނަށް ސަރުކާރުން ވަނީ، އެކި ވަޒީފާތައް ހަމަޖައްސައިދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;