މި ތާރީހީ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ރޭ ވަނީ ރާއްޖެއިން އޮސްޓްރޭލިއާގެ މެލްބަން އަށް ފުރާފައެވެ. އެ ފްލައިޓް އޮސްޓްރޭލިއާއަށް ދިޔުމަށްފަހު އެނބުރި ރާއްޖެ އަންނަނީ 19 ވަނަ ދުވަހުކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
މި ދަތުރުތަކުގައި ބޭނުންކުރަމުން އަންނަނީ މޯލްޑިވިއަންގެ އޭ330 މަރުކާގެ ބޯޓެވެ. އޮސްޓްރޭލިއާ ދަތުރުތައް ފެށުމަށްފަހު މޯލްޑިވިއަނުން ބުނީ މީ ދިވެހިންނަށް ފަހްރުވެރި ވަގުތެއްްކަަމަށެވެ.
ރާއްޖެއިން އޮސްޓްރޭލިއާއަށް ދިޔަ މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓްގައި ދަތުރުކުރި ބައެއް ފަސިންޖަރުން
މޯލްޑިވިއަންގެ ދަތުރުތައް އޮސްޓްރޭލިއާ ފެށުމަށްފަހު ކޮންމެ ހަފްތާއަކު އެއް ފްލައިޓް އޮންނާނެކަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި ދަތުރުތަކަށް ޑިމާންޑް އިތުރަވަމުންދާނަމަ ދަތުރު އިތުރުކުރަން ނިންމާފައިވާކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާރިޗު މަހުގެ 19 ވަނަދުވަހުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެދުވަހުން ފެށިގެން ދެ ގައުމުގެ ދެމެދު އެއާލައިންތަކަށް އެއްވެސް ހުރަހެއް ނެތި ދަތުރުތައް ކުރެވޭނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;