މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާން ނޫސްތަކަށް ރޭ ވަނީ ރައީސް އޮފީހުން މެސެޖު ފޮނުވާފައެވެ. އެގޮތުން ރޭ ދަންވަރު 12:00 ގެ ކުރިން ނޫސްްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާން އެދޭ ނޫސްވެރިންގެ ނަން ފޮނުވުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ.
އެހެންނަމަވެސް މިއަދު ހެނދުނު 9:15 ރައީސް އޮފީހަށް އައުމަށް ދައުވަތު ފޮނުވުމަށްފަހު ރައީސް އޮފީހުން ފޮނުވި މެސެޖެއްގައި ވަނީ އެ ބައްދަލުވުން މިއަދު ނޯންނާނެކަން އަންގާފައެވެ. އެހެންނަމަވެސް ޕްރެސް ކޮންފަރެންސް ކެންސަލްކުރި ސަބަބެއް ރައީސް އޮފީހަކުން ނުބުނެއެވެ.
ކޮންމެ ހޯމަދުވަހަކު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ރައީސް މުއިއްޒު އިއުލާންކުރެއްްވީ މިދިޔަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެދުވަހު ރައީސް ވިދާޅުވީ ނޫސްވެރިންނާއި އެމަނިކުފާނު ބާއްވާ ބައްދަލުވުން ނޯންނާނީ ދަތުރެއް ކުރަން ޖެހުން، ބަންދު ދުވަހަކާ ދިމާވުން ނުވަތަ އެ ނޫން ވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރިވެގެން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;