ads
އުރީދޫއިން ކޮންމެ ދެ މަހަކުން އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) އެއް ދޭ ޕްރޮމޯޝަނުގެ ދެވަނަ ނަސީބުވެރިޔާ ހޮވުން
އުރީދޫން ދޭ ދެވަނަ އޭޓީވީގެ ނަސީބުވެރިޔާ ހޮވައިފި
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ "ހިނގާ" އޭޓީވީ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ވަރުދާ އަހްމަދު، ކ. މާލެ ހޮވިއްޖެ އެވެ.
Advertisement

މި ޕްރޮމޯޝަންގެ ދަށުން މި އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އޭޓީވީ ލިބުނު ދެވަނަ ނަސީބުވެރި ކަސްޓަމަރެވެ.

"ހިނގާ" ޕްރޮމޯޝަން ފެށީ 20 ޑިސެމްބަރު 2025ގަ އެވެ. މި ޕްރޮމޯޝަން މި އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ފަހަރަކުވެސް އެއް ކަސްޓަމަރަކަށް އޭޓީވީއެއް ލިބޭނެ އެވެ.

މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިއަށްދާ ކެމްޕޭނެކެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމަށްޓަކައި، އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ހިދުމަތެއް ބޭނުންކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަ ކުރަންޖެހޭނެ އެވެ.

ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ހަރަދުކޮށްފައިވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި ގުރުއަތުލާ ދުވަހާއި ހަމައަށް އެ ކަސްޓަމަރެއްގެ ހިދުމަތް އެކްޓިވްކޮށް ބަހައްޓަންވާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

މި ޕްރޮމޯޝަން ފަރުމާކޮށްފައި ވަނީ މިހާރު އުރީދޫ ބޭނުންކުރާ އަދި މި މުއްދަތުގެ ތެރޭގައި އުރީދޫ އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. ކޮންމެ ގުރުއަތުލުމަކުންވެސް އެއް ނަސީބުވެރިއަކު ހޮވައި، އޭޓީވީއެއް ހަވާލުކުރާނެ އެވެ. 

ގުރުއަތުން އޭޓިވީ ލިބޭ ކަސްޓަމަރުންނަށް ވެސް ގްރޭންޑް ޕްރައިޒް (6 ވަނަ ގުރު) ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.

މިފަދަ ހަރަކާތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ އިތުބާރާއި ލޯތްބަށް ޝުކުރު އަދާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމާއި ފައިދާ ހޯދައިދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;