ސައިރިކްސް ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
18 ޑިސެމްބަރ 2019 - 13:39:28
އަންނަ އަހަރު ސައިރިކްސް ކޮލެޖުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ އަހަރު ސައިރިކްސް ކޮލެޖުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސައިރިކްސް ކޮލެޖުގައި މިއަދު ބޭއްވި އިވެންޓެއްގައި ކޯސްތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ކޮލެޖްގެ ވައިސް ރެކްޓާ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސެޓްފިކެޓް ލެވެލް ތިނަކުން މާސްޓާސް ޕްރާގުރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ޖުމްލަ 31 ކޯހަކަށް ބައިވެރިވުމުގެ ފުރުސަތު ހުށުވާލާފައިވާއިރު ޖުމްލަ 930 ޖާގަ އެބައޮތް ކަމަށްވެސް ސައިރިކްސް ކޮލެޖުން މައުލޫމާތުދެ އެވެ.
މިހާރު ހިންގާ ކޯސްތަކުގެ އިތުރުން އަންނަ އަހަރު އިތުރު ކޯސްތަކެއް ވެސް ފެށުމަށް ހަމަޖެހިފައިވާއިރު މީގެ ތެރޭގައި މެލޭޝިއާގެ ހެލްތް ޔުނިވަސިޓީއާއި ގުޅިގެން ފެބްރުއަރީ މަހު މާސްޓަސް އިން އައިޓީ އެންޑް މާސްޓަސް އިން ބިޒްނަސް އިންޓަނޭޝަނަލް ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަދި ސިވިލް ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްދާ މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯސްތަކެއް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
އެކޮލެޖުން ބުނިގޮތުގައި ކޯސް ފީ އެއްފަހަރާއި ދެއްކުމުގެ ބަދަލުގައި މަހުން މަހަށް ބަހާލައިގެން ދެއްކޭނެ އެވެ. އަދި އެ ކޯސްތަކާއި ގުޅޭ އިތުރު މައުލޫމާތު އެކޮލެޖްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ކޮލެޖުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް