ads
އުރީދޫ ފަން ރަންގެ މެޑަލް -- ފޮޓޯ: އުރީދޫ
އުރީދޫ ފަން ރަން: ފިނިޝާ މެޑަލް އުރީދޫ މޯލްޑިވްސްއިން ދައްކާލައިފި
ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ހަރަކާތް، އުރީދޫ ފަން ރަން 2026 ގެ ރަސްމީ ފިނިޝަ މެޑަލް އުރީދޫ މޯލްޑިވްސް އިން ދައްކާލައިފި އެވެ.
Advertisement

މި ހަރަކާތުގެ އުފާވެރި އަދި ފޯރިގަދަ ރޫހު ދައްކުވައިދޭ ހިތްގައިމު ކުލަގަދަ ފަރުމާއަކާއެކު ތައްޔާރުކޮށްފައިވާ މިއަހަރުގެ މެޑަލްއަކީ، ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިޔަކަށްވެސް ލިބިގެންދާނެ ހާއްސަ ހަނދާނީ ހަދިޔާއެއްކަން އުރީދޫ އިން ވަނީ ފާހަގަކޮށްފަ އެވެ.

އުރީދޫ ފަން ރަން 2026 ގެ މެޑަލް ފަރުމާކޮށްފައިވަނީ ކުލަގަދަ އަކުރުތަކެއް ހިމެނޭހެން، ފަން ރަންގެ އަސްލު ކަމަށްވާ އުފާވެރިކަމާއި، ފޯރިއާއި، ކާމިޔާބީގެ އިހުސާސް ރަމްޒުކޮށްދޭ ފަދަ ހިތްގައިމު ގޮތަކަށެވެ.

ފަން ރަންގެ 5 ކިލޯމީޓަރުގެ ދުވުން ފުރިހަމަކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި މެޑަލްއަކީ ހަމައެކަނި ދުވުމެއް ނިންމާލުމުގެ ރަމްޒެއް ނޫން ކަމަށާއި މިއީ މި ދުވުމުގެ ތެރެއިން ހިއްސާކުރެވޭ ހިނިތުންވުންތަކާއި، ރަހުމަތްތެރިކަމާއި، ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ އުފާވެރި ވަގުތުކޮޅުތަކުގެ ހަނދާނެއް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

އުރީދޫ ފަން ރަންއަކީ ހުރިހާ އުމުރުފުރައެއްގެ އާއިލާތަކާއި، ރަހުމަތްތެރިންނާއި، ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުކޮށްދޭ ހަރަކާތެކެވެ. އަދި މަޖަލާއި އުފާވެރިކަމުން ފުރިގެންވާ މާހައުލެއްގައި ހަރަކާތްތެރިވުމާއި، އުފާވެރިކަމާއި، އެއްބައިވަންތަކަން ފާހަގަކުރާ ހަރަކާތެކެވެ.

ދުވުމުގެ ތެރޭގައި ހިމެނޭ ފޯރިގަދަ ކަލަ ސްޓޭޝަންތަކާއި، މުނިފޫހިފިލުވުމުގެ ކަންތައްތަކާއި، ތަފާތު ހަރަކާތްތަކާއެކު، ބައިވެރިންނަށް އެމީހަކު ބޭނުން ދުވެއްޔެއްގައި ދުވެފައި، ހިނގާފައި ނުވަތަ ނަށަމުންވެސް ދުވުން ނިންމާލެވޭނެ އެވެ. 

ކުރީގެ އަހަރުތަކުގައި ލިބުނު ބޮޑު ކާމިޔާބީގެ މައްޗަށް ބިނާކޮށް، އުރީދޫ ފަން ރަން 2026 ވެގެންދާނީ ބައިވެރިންނަށާއި މުޅި މުޖުތަމައަށްވެސް ހަނދާނުން ފޮހެލަން ދަތި ތަޖުރިބާއެއް ގެނެސްދޭނެ، ކުރިއަށްވުރެވެސް ކުލަގަދަ، ފޯރިގަދަ އަދި ޝައުގުވެރި ހަރަކާތަކަށް ވާނެ ކަމަށް އުރީދޫން ބުންޏެވެ. 

އެ ދުވުމުގައި ރަޖިސްޓާވުން އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:59 އަކާ ހަމައަށް ކުރިއަށްދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް