ads
ބީއެމްއެލް އާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އެއްބަސްވުން ބަދަލުކުރަނީ. - ފޮޓޯ/ބީއެމްއެލް
ބީއެމްއެލްއިން ސާފިން އެސޯސިއޭޝަނަށް އެހީވުމުގެ އެއްބަސްވުން އާކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާޅާއަޅާ އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމަންޓް ޕާޓްނަރުގެ ގޮތުގައި ވެފައިވާ އެއްބަސްވުން އާކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގެ ދަށުން، ގައުމީ ޖޫނިއާ އަދި ސީނިއާ ސަރފިންގ ޓީމުތަކުގެ ސްޕޮންސަރުގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެ އެވެ. އަދި ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި ބާއްވާއަހަރީ "ނޭޝަނަލް ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕް" އަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ބީއެމްއެލް އިން އެމްއެސްއޭ އާއެކު ފުރަތަމަ ޕާޓްނާޝިޕް ގާއިމުކުރީ 2022 ވަނަ އަހަރުގަ އެވެ. އަދި 2024 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް އިތުރުކޮށްފައި ވެއެވެ.

ބީއެމްއެލް އިން އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާ އެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ސްޕޯޓްސް ސްކޮލަޝިޕް ޕްރޮގްރާމެއް ވެސް ހިންގަ އެވެ.

މި ސްކޮލަޝިޕް އެންމެ ފަހުން ލިބިފައިވަނީ ސާފިން ދާއިރާގެ އެތްލީޓަކަށެވެ. މި ސްކޮލަޝިޕްގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސްގައި މަތީ ފަންތީގެ ތަމްރީނުތައް ފުރިހަމަކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;