ads
ނުރައްކާތެރި ރެސްކިއު އޮޕަރޭޝަންގައި މިއަދު ނިޔާވީ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ: އޭނާ އަކީ ކުޅަދާނަ ޖެހިލުން ކުޑަ، ރާއްޖޭގެ އެންމެ މޮޅު އެއް ޑައިވަރު.
މަހުދީ މަރުވި ގޮތް ތަހުގީގު ކުރަން ފަށައިފި
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ސިފައިންގެ އޮފިސަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވި ހާދިސާ ހިންގަން މެދުވެރިވި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
Advertisement

މަހުދީ މަރުވީ ޑައިވަރުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ.

ފުލުހުން މިރޭ ބުނީ މަހުދީގެ މަރުގެ ހާދިސާ ހިނގަން މެދުވެރި ގޮތް އެތަ ނުން ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މަހުދީ ނިޔާވީ ސާޗް އޮޕަރޭޝަންގައި އުޅެނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މަހުދީއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގައި ހުރި އެންމެ ހުނަރުވެރި އެންމެ ގާބިލު އެއް ޑައިވަރެވެ 

މަހުދީގެ މަރަށް ފަހު އޮޕަރޭޝަން މެދުކަނޑާލި ނަމަވެސް ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމު ހިމެނޭ ޓީމެއް ރާއްޖެއަށް އައިސް އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަމާ އެކު ރިކަވަރީ މިޝަނެއް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

ތިން ގަޑިއިރުގެ ފުރަތަމަ ޑައިވްގައި ވަނީ އެ މީހުންގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ލޮކޭޓް ކޮށްފަ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގާފައި ވަނީ އިއްޔެ އެވެ. މިއަދު ބާކީ ދެ މީހުންގެ ހަށިގަނޑު ވަނީ ނަގައިފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;