އެމްއެމްއޭއިން ބުނީ އީދު ދުވަހުގެ މުނާސަބަތުގައި މިމަހުގެ 24 އިން 30 އަށް ސަރުކާރު ބަންދުވުމާ ގުޅިގެން ބޭންކިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.
މިދުވަހު އާންމުންނަށް ވަކި ލާރިއާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައިނުވާތީ، މި ހިނގާ ހަފުތާގެ ތެރޭގައި ބޮޑު އީދުގެ ބަންދުގައި ބޭނުންވާނެކަމަށް އަންދާޒާކުރެވޭ އަދަދަށް އެ އޮތޯރިޓީން ވަކި ލާރިއާއި ނަގުދު ފައިސާ ހޯއްދެވުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެވެ. އަދި އީދު ބަންދާއި ގުޅިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;