ads
ފްލެޓް ތަކެއްގެ ކުރެހުމެއް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިޔާއަށް ފްލެޓަށް ހުޅުވާލައިފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ހައުސިން މިނިސްޓްރީން ބުނީ ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި 18 އަހަރު ފުރިފައިނުވާ ފަރާތްތަކުގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓަރީވެފައިވާ ބެލެނިވެރި ފަރާތުން ފުލެޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. 

މި ގޮތުން މިއަދުން ފެށިގެން ޖޫން 15 ވަނަ ދުވަހުގެ ރޭ 11:59 އަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ ކެޓަގަރީ އިސްލާހުކޮށްފައިވާއިރު މި ފަހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުޑަކޮށްދީފަ އެެވެ. 

ބޯހިޔާވަހިކަން ހޯދަން މި ފަހަރު ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުން ނަމަވެސް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް ހުށަހެޅޭ ގޮތަށް ބަދަލު ގެނައުމެވެ. އަދި އެ މީހެއްގެ ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅޭނެ އެވެ. 

މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7900 ފްލެޓާއި 1250 އަކަފޫޓުގެ ޖުމްލަ 15000 ގޯތި ދޫކުރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;