ads
ހިމަބިހި
ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި ޖެހިފައިވާ އިތުރު ދެ މީހަކު ފެނިއްޖެ
ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި (މީސަލްސް) ޖެހިފައިވާ އިތުރު ދެމީހަކު ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.
Advertisement

މާލެ ސަރަހައްދުން ހިމަބިހީގެ ދެ ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން މިދިޔަ ހަފްތާގައިވެސް ވަނީ ބުނެފައެވެ. 

އެޗްޕީއޭއިން މިއަދު ވަނީ އަނެއްކާވެސް ރާއްޖެއިން ހިމަބިހި ޖެހިފައިވާ ދެމީހުން ފެނިފައިވާކަމަށް ބުނެފައެވެ. އަދި އެމީހުންނާއި ކޮންޓެކްޓްވި 74 މީހުން ފާހަގަވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. 

އަލަށް ފެނުނު ދެމީހުންނާއި މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 7 ކޭސް ރިޕޯޓް ކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހުން ހިމެނޭކަމަަށްވެސް އެޗްްޕީއޭއިން ބުނެއެވެ. 

މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅޫތަކުގައިއާއި އަދި އަވަށްޓެރި ގައުމުތަކުގައިވެސް މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. 

މި ހަފްތާގައި ތެރޭގައި މާލޭ ސަރަހައްދުން 2 މީހުން ހިމަ ބިއްސަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން ހިމަބިހީގެ ކޭސްއެއް ފެނުމާއިއެކު އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިންދިނުމް މިހާރު ކުރިޔަށްދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. 

" ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދައްކަވާ. އަދި ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު މާސްކު އަޅުއްވާ" އެޗްްޕީއޭއިން އިލްްތިމާސްކުރިއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ރާއްޖެއިން ފެނިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;