ads
މަބްރޫކް އަޒީޒް--
ސާކް ސަރައްހަދުގައި ރާއްޖެއާ ގާތް ކުރާ އަދަދަށް ޓެސްޓް ހެދޭ ގައުމެއް ނެތް: މަބްރޫކް
ސާކް ސަރަހައްދުގައި ރާއްޖެއާ ގާތް ކުރާ އަދަދަށް ކޮވިޑް-19 އަށް އެއްވެސް ގައުމަކުން ޓެސްޓް ނުކުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން މިހާތަނަށް 11775 ޓެސްޓް ހަދާފައިވާ ކަމަށެވެ. 

އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅަށް ޓެސްޓްކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ ދުނިޔޭގެ ބޮޑެތި އާބާދީ އޮންނަ ގައުމުތަކުގައި ރާއްޖެއަށް ވުރެ ގިނަ ޓެސްޓް ހެދުމުން ރާއްޖޭގައި އެވަރަށް އެކަން ނުކުރެވެންވީ ކީއްވެތޯ ސުވާލު އުފައްދާ ކަަމަށެވެ. އެކަމަކު މަބްރޫކް ވަނީ ރާއްޖޭގެ އާބާދީއާ އަޅާ ބަލައި މިތަނުގައި ވެސް ވަރަށް ރަނގަޅަށް ޓެސްޓުތައް ހަދަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

އެކި މެޝިންތަކާއި ޓެސްޓް ކިޓްތައް ހޯދުމުގެ މަސައްކަތް ރާއްޖެއިން ވެސް ކުރަމުން އަންނަކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، އެތަކެތި ހޯދުމުގައި މުޅި ދުނިޔެއަށް ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ކާރިސާގެ ވަގުތު ގަދަފަޔަށް ތެދުވެވޭނެ އެއްވެސް ގައުމެއް ނޯންނާނެކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވަކި މީހަކަށް މޮޅެއް ހޯދައިދޭން ނޫން ކަމަށެވެ. އަދި މިކަމުން އަރައިގަނެވޭނީ އެންމެން އެކީ އެކަތި ގަޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ރާއްޖެއަށް 11000 ކިޓް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އަދި ޗައިނާއިން 10000 ކިޓް ހަދިޔާކުރިއިރު ވެލާ ރިސޯޓުގެ ވެރިން ވަނީ 10000 ކިޓް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ވެސް ދިވެހި ސަރުކާރުން ވެސް ޓެސްޓް ކިޓް ގެނެސްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް