ads
ޑައިވިނަށް ގޮސް އުޅެނިކޮށް ހޮހަޅައިގައި ތާށިވެ މަރުވި މީހުން ހޯދުމުގެ މަސައްކަތްކުރަނީ.
ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އިޓަލީއަށް ފޮނުވާލަނީ
ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އެ ގައުމަށް ފޮނުވާލުމަށް ނިންމައިފި އެވެ.
Advertisement

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތުގެ 5 ޑައިވަރުން ގެއްލުނު ހާދިސާ ހިނގާފައިވަނީ، މިމަހުގެ 14 ވަނަ ދުވަހު އެވެ. އެމީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުން އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އެ 4 މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފައިވަނީ، މިމަހުގެ 18 ވަނަ ދުވަހު އެވެ. މި މީހުންގެ ހަށިތައް ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންނެވެ.

މި މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ، މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގަ އެވެ.

your imageކަނޑު ހޮހަޅައިގެ ތެރޭގައި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން.. ފޮޓޯ/ ދޭން

ރައީސްގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ހަތަރު މީހުންގެ ހަށިގަނޑު ވެސް މިރޭ ފަތިހު އިޓަލީވިލާތަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ގައުމުގައި ޕޯސްޓްމޯޓަމް ހަދައިފި ނަމަ، އޭގެ ރިޕޯޓް ރާއްޖޭގެ ތަހުގީގު ޓީމާއި ހިއްސާކުރަން އެދިފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ޑޭން ޔޫރަޕުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ނިންމާލުމުގެ ގޮތުން އިއްޔެ ވަނީ އެންމެ ފަހު ޑައިވް ކުރިއަށް ގެންގޮސްފައެވެ. މި ޑައިވްގެ މައިގަނޑު ބޭނުމަކީ ހޮހަޅައިގެ ތެރޭގައި ހުރި ތަކެތި ސާފުކުރުމާއި، ތަޙުގީގަށް ބޭނުންވެދާނެ އިތުރު ހެކިތަކެއް ހުރިތޯ ބަލައި އެތަކެތި ހޯދުމެވެ.

މިގޮތުން ހޯދި ހުރިހާ ހެކިތަކެއް މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ. މި މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް އިޓަލީގެ ސަރުކާރުން ވަނީ ފަށައިފަ އެވެ. 

ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ އިޓަލީގެ ލަ ރިޕަބްލިކާއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އިޓަލީގެ ފަސް ޑައިވަރުން މަރުވީ ހޮހަޅައިގެ ތިން ބައިގެ ތެރެއިން ކޮޅު ބެދިފައި އޮތް ތަނުގެ ތެރެއަށް އޮޅިގެން ވަދެވި ކުރިމަތިވި ހާސްކަމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ހަތަރު ޑައިވަރުން މަރުވެފައި ތިބީ ދެ ވަނަ ބައިގެ ތެރެއިން ގޮސް ފުރަތަމަ ބަޔަށް ނުކުމެވެން އޮންނަ ހަނި މަގުގެ މަތީގައި އޮންނަ، ހޮހަޅައިގެ ތިން ވަނަ ބައިގެ ތެރޭގަ އެވެ. 

އެހެންވެ މަރޯނީ ލަފާކުރައްވަނީ ދެވަނަ ބައިގެ ތެރެއިން ނުކުމެވޭނެ ގޮތެއް ނުފެނިގެން ހާސްކަމުގެ ތެރޭގައި ގޮސް، ތިންވަނަ ބައިގެ ތެރެއަށް ވަދެވުނީ ކަމަށެވެ. އެއީ ކޮޅުބެދިފައި އޮންނަ ބައެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;