ads
ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން
ކަނޑުއަޑީ ހޮހޮޅައިގެ ތެރޭ އޮތް ބާކީ ދެ މީހުންގެ ހަށިގަނޑު ނަގައިފި
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މީގެ ފަސް ދުވަސް ކުރިން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނުން މައްޗަށް މިއަދު ނަގައިފި އެވެ.
Advertisement

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)ވަނީ "ސީއެންއެމް" އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ތަރުޖަމާނު މިއަދު ވިދާޅުވީ، އިޓަލީވިލާތުގެ ފަތުރުވެރިން ޑައިވްކުރުމަށް ފޭބި ހޮހޮޅަ ކަމަށްވާ ވ. އަތޮޅުގެ އަލިމަތާ ކޭވްގައި ތިބި ހަތަރު ހަށިގަނޑުގެ ތެރެއިން އިއްޔެ ދެ ހަށިގަނޑު ނެގުމަށްފަހު، ބާކީ ތިބި ދެ ފަތުރުވެރިންގެ ހަށިގަނޑު މިއަދު ނަގައިފައިވާ ކަމަށެވެ.

އިއްޔެ ވަނީ މިހާދިސާގައި މަރުވި އިޓަލީގެ ބޯގޯމަނޭރޯގެ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން އަންހެނެއްގެ ހަށިގަނޑު ނަގާފަ އެވެ. އެހެންކަމުން މި ހާދިސާގައި މަރުވި 5 މީހުންގެ ހަށިގަނޑު މިހާރު އެވަނީ ފެނުން މައްޗަށް ނެގިފަ އެވެ. 

މުންދު ވިދާޅުވީ މިހާރު ކުރާ މަސައްކަތަކީ އެ ހުރިހާ މީހުންގެ ހަށިގަނޑު އިޓަލީއަށް ފޮނުވުމުގެ މަސައްކަތެވެ. މިކަން ކުރިއަށް ދާނީ އިޓަލީ ސަރުކާރާއި ގުޅިގެން ނެވެ.

މި ހާދިސާ ހިނގި ދުވަހު މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ މިއުރިއަލް އޮޑެނީނޯ އެވެ.

ގެއްލުނު ޑައިވަރުން ލޮކޭޓުކުރީ މިފަދަ ކަންކަމަށް ހާއްސަ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޮހަޅައިގެ ފުނަށް ތަޖުރިބާކާރު ޑައިވަރުން ފީނައިގެން ކަމަށް އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން އިއްޔެ ބުނެފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހާދިސާގައި ގެއްލުނު ފަތުރުވެރިން ހޯދަން މަސައްކަތް ކުރަމުންދިޔަ އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ މަރުވެފަ އެވެ. އޭނާ ނިޔާވީ އެމީހުން ހޯދުމަށް މައްޗަށް ނަރައިގެން ގޮސް ބެލިއިރު ކަނޑު އަޑީގައި ހޭނެތިފައި އޮތުމުން ނަގައިގެން ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;