ads
ދިވެހި ފުލުހުންގެ ހިދުމަތާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން- ދިވެހި ފުލުހުންގެ ހިދުމަތާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާއާ ދެމެދު ފަހުމުނާމާއެއް- ފޮޓޯ: ޕޮލިސް
ސަލާމަތީ ދާއިރާގައި އެއްބާރުލުން ބަދަހިކުރަން މިސްރާއެކު އެއްބަސްވުމެއް
ދިވެހި ފުލުހުން މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާއާ ދެމެދު، ދާހިލިީ ސަލާމަތީ ދާއިރާގައި އެއްބާރުލުން ބަދަހިކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ވަސީލަތްތައް އަދި މައުލޫމާތު ހިއްސާކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި ފަހުމުނާމާގައި ފުލުހުންގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.

މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ފޯރ ޕަބްލިކް ސެކިއުރިޓީ އަދި ހެޑް އޮފް ދަ ސުޕްރީމް ކައުންސިލް އޮފް ދަ ޕޮލިސް، ޖެނެރަލް މަޙްމޫދު އަބޫ އަމްރާ އެވެ.

މިމަހުގެ 17 އިން 21 އަށް ކޮމިޝަނާ އޮފް ޕޮލިސް މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި، ދާހިލީ ސަލާމަތީ ހިދުމަތުގައި ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން ތަމްރީނު ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރަސްމީ ފަރާތްތަކާ އެކު މަޝްވަރާކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;