ads
ދިވެހި ހައްޖުވެރިންނަށް މިނާގައި ތިބޭ ޓެންޓް
ދިވެހި ހާޖީންގެ ހާލު ރަނގަޅު، މިއަދު މިނާއަށް ފުރާނެ
ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ދިވެހި ހުރިހާ ހާޖީންގެ ހާލު ރަނގޅުކަމަށާއި ހުރިހާ ހައްޖުވެރިން މިއަދު މިނާއަށް ފުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
Advertisement

މިއަހަރުވެސް ރާއްޖެއިން 1000 މީހުން ހައްޖަށްދާއިރު ފުރަތަމަ ގްރޫޕް ފުރީ މިމަހުގެ 15 ދުވަހުއެވެ. އެދުވަހު ވަނީ 238 ހާޖީއަކު ފުރާފައެވެ. ހާޖީންގެ ދެވަނަ ގްރޫޕް ފުރީ މިމަހުގެ 17 ދުވަހުއެވެ. އެދުވަހުވަނީ 260 ހައްޖުވެރިން ފުރާފައެވެ. އިތުރު 250 ހާޖީއަކު 18 ވަނަދުވަހު ފުރިއިރު ބާކީ ތިބި 252 ހައްޖުވެރިން ފުރީ މިމަހުގެ 19 ވަނަދުވަހުގެ ހެނދުނުއެވެ. 

މިހާރު މައްކާގައި ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅުކަމަށެވެ. އަދި ހުރިހާ ދިވެހި ހާޖީން މިއަދު މިނާއަށް ފުރަން ފަށާނެކަމަށްވެސް މިނިސްޓާރު ޝަހީމް ވިދާޅުވިއެވެ.  

" ﷲ ގެ ރަޙްމަތްފުޅާއެކު ހައްޖުވެރިން މިއަދު މިނާ އަށް ދަތުރުފަށާނެ. މިނާއާއި އަރަފާތުގެ ކަންކަން ހައްޖު ކޯޕަރޭޝަނުން ވަނީ ފުރިހަމަ ގޮތެއްގައި އިންތިޒާމުކޮށްފަ. މާތް ﷲ އެންމެހައި ހައްޖުވެރިނަށް މަބްރޫރު ހައްޖެއް ދެއްވާށި. އާމީން" ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ. 

your imageމިއަހަރު ހައްޖަށްދިޔަ ދިވެހި ހާޖީން މައކާގެ ހަރަމްފުޅުގައި

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހައްޖުވެރިން މާލެ އަންނަން ފަށާނީ އަންނަމަހުގެ ފަސް ވަނަދުވަހުއެވެ. 

ދިވެހި ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާ ދުވަސްތައް

  • ފުރަތަމަ ގްރޫޕް - ޖޫން 5 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ދެވަނަ ގްރޫޕް-  ޖޫން 7 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 
  • ތިންވަނަ ގްރޫޕް - ޖޫން 8 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ހަތަރުވަނަ ގްރޫޕް - ޖޫން 9 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 

މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;