ދެކުނު އިންޑިއާގެ ތަރި މޯހަންލާލް ލީޑް ރޯލު ކުޅޭ އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މަލަޔާލަމް ކްރައިމް ތުރިލާ ފިލްމު އިއްޔެ ރިލީޒްކުރި އިރު އިއްޔެ އެކަނި ވެސް ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 48.37 ކްރޯޑް ރުޕީސް (5.74 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް އެ ރިޕޯޓްތަކުން ބުނެ އެވެ.
މި ފިލްމު ރިލީޒްކުރުމުގެ ކުރިން އެޑްވާންސް ބުކިންތަކުން އެކަނިވެސް 35 ކްރޯޑް ރުޕީސް ހޯދި އެވެ.
ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އިންޑިއާގެ އެކި ސިނަމާތަކުގައި 5,506 ޝޯ ދައްކައިގެން އެކަނިވެސް 15.85 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ.
ޖީތޫ ޖޯސެފް ޑައިރެކްޓްކޮށްފައިވާ މި ޓްރިލާ ފިލްމު ތަފާތު ބަސްބަހުން ރިލީޒްކުރި ނަމަވެސް، އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މަލަޔާލަމް ވާޝަން އަށެވެ.
މީގެ 13 އަހަރު ކުރިން 2013 ވަނަ އަހަރު ނުކުތް "ދުރިޝްޔަމް"ގެ ފުރަތަމަ ފިލްމު ފުރަތަމަ ކޮޅު ބޮކްސް އޮފީހުގައި ހިނގީ މަޑުމަޑުންނެވެ.
ނަމަވެސް ބެލުންތެރިންގެ މެދުގައި މަގުބޫލުވެ، ފުރަތަމަ ހަފުތާ ބަންދުގައި 23 ކްރޯޑް ހޯދައި، ފިލްމު ސިނަމާތަކުން ނެގިއިރު ޖުމްލަ 62 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
ކޮވިޑާ ގުޅިގެން "ދުރިޝްޔަމް 2" ސިނަމާތަކުގައި ރިލީޒްނުކޮށް އެމެޒޯން ޕްރައިމް ވީޑިއޯއަށް ދޫކޮށްލި އެވެ.
"ދުރިޝްޔަމް"ގެ މަގުބޫލުކަން ބޮޑުވުމާ އެކު ހެދި ބޮލީވުޑްގެ ރީމޭކްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
ފުރަތަމަ ހިންދީ ފިލްމަށް 110 ކްރޯޑް ލިބުނުއިރު، ދެވަނަ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 342 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;