ads
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކުރިން މިނިސްޓަރުކަން ކުރެއްވި ރާޝިދާ ޔޫސުފް، ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ބޮޑު މުސާރަ ލިބެންވީ ޓީޗަރުންނާއި ނަރުހުންނަށް: ރާޝިދާ
މި ގައުމުގައި އެންމެ ބުރަކޮށް ގިނަ ވަގުތު މަސައްކަތް ކުރަނީ، ނަރުހުންނާއި ޓީޗަރުން ކަމަށާއި އެންމެ ބޮޑު މުސާރަ ލިބެން ޖެހޭނީ އެ މީހުންނަށް ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.
Advertisement

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރާޝިދާ ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ވަގުތު، އެންމެ ބުރަ އަދި އެހާމެ ޒިންމާދާރު މަސައްކަތްތަކެއް ކުރަނީ ޓީޗަރުންނާއި ނަރުހުން ކަމަށެވެ.

އޭގެތެރެއިން ވެސް، ޓީޗަރުންނަކީ ތަފާތު މަސްއޫލިއްޔަތެއް 'ބޮލުގައި' އަޅަން ޖެހިފައިވާ ބައެއް ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ވިދާޅުވި އެވެ.

"ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި އެންމެ ބޮޑު މުސާރައެއް ލިބެން ޖެހޭނީ، ޓީޗަރުންނާއި ނަރުހުންނަށް" ރާޝިދާ ވިދާޅުވި އެވެ.

ނުސީދާ ގޮތެއްގައި ޑަބްލިއުޑީސީ ރައީސާއިންގެ މުސާރަ ބޮޑުކުރި ވާހަކައަށް ވެސް އޭނާ ވަނީ ރައްދެއް ދެއްވާފައެވެ. މިގޮތުން، ފެންނަމުން ދަނީ، ވަރަށް ވެސް ބޭއިންސާފު ފިޔަވަޅުތަކެއް އަޅާ މަންޒަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާޝީދާ އެ ފަދައިން ވިދާޅުވިއިރު، މީގެ ކުރިން ރަށްރަށުގެ ކޮމިޓީތަކުގެ ރައީސާއިންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ. އަދި، ސިޓީތަކުގެ ޑަބްލިއުޑީސީ ރާއިސާއިން ލިބެނީ، 7،000 ރުފިޔާ އެވެ.

ޑަބްލިއުޑީސީގެ މުސާރަ ފުރަތަމަ ހަމަޖެއްސި ގޮތުން، ޓީޗަރުންގެ އުޖޫރަ އާއި އިނާޔަތްތަކާ މެދު އިހުމާލުވަމުންދާ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑުވި އެވެ.

ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 41،500ރ. ދޭށެވެ. ފަހުން އެ އަދަދު 33،000ރ. އަށް ކުޑަކުރި އެވެ. 

އިއްޔެ އަނެއްކާވެސް މުސާރައަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. މިފަަހަރު ގެނައި ބަދަލުގައި، ރަށު ކޮމިޓީތަކުގެ ރައީސުންގެ މުސާރައިން ވެސް ބޮޑު އެެއްޗެއް ވަނީ އުނިކޮށްފަ އެވެ. އެގޮތުން، މިހާރު ގެނެސްފައިވާ ބަދަލަކީ:

  • ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް މަހަކު 20،000ރ. 

  • ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް މަހަކު 15،000ރ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;