ads
ބޮޑެތި ޑޭޓާ ޕެކްތަކާއި ވެލިޔު ޝެއާ ޕެކްތަކުން ފެށިގެން މަގޭ ޕްލޭންތަކަށް ލިބޭ އިތުރު ބޯނަސްތައް ވެސް އުރީދޫގެ ބޮޑު އީދު އޮފާތަކުގެ ތެރޭގައި ހިމެނޭ. - ފޮޓޯ/އުރީދޫ
އުރީދޫގެ ފަރާތުން މި އީދަށް ހާއްސަ އޮފާތަކެއް
އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް އިއުލާނުކޮށްފި އެވެ.
Advertisement

ބޮޑެތި ޑޭޓާ ޕެކްތަކާއި ވެލިޔު ޝެއާ ޕެކްތަކުން ފެށިގެން މަގޭ ޕްލޭންތަކަށް ލިބޭ އިތުރު ބޯނަސްތަކާ އެކު، މި އީދު އޮފާތައް ފަރުމާކޮށްފައި ވަނީ، ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ. 

ބޮޑު ޢީދު އޮފާތައް

1. އަވަލީ ޑޭޓާ ޕެކް – އެއް ގަޑިއިރަށް 26 ޖީބީ ޑޭޓާ

މި ހާއްސަ އޮފާގައި ބޮޑު އީދުގެ ފޯރިގަދަ ވަގުތުތައް، އާއިލާ އާއި ރައްޓެހިންނަށް ހިއްސާކުރުމަށް 26 ޖީބީ ޑޭޓާ 1 ގަޑިއިރަށް ނެންގެވޭނެ އެވެ. އެންމެ 20 ރުފިޔާއަށް ނެންގެވޭ މި ޕެކް، ޝޯޝަލް މީޑިއާގައި ވަގުތުން ސްޓްރީމް ކުރުމަށާއި، ފޮޓޯ އަދި ވީޑިޔޯ ޝެއާ ކުރުމަށް ބޭނުންކުރެވޭނެ އެވެ.

2. ވެލިއު ޝެއާ ޕެކް - 100 ޖީބީ

ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 100 ޖީބީ ޕެކްތަކާއެކު، މި އޮފާގައި ގާތް މީހުންނާ ހިއްސާ ކުރެވޭ ގޮތަށް އަދި އަމިއްލަ ބޭނުމަށްވެސް މި ޕެކްތައް ލިބެން ހުންނާނެ އެވެ.

ގާތް މީހުންނަށް ހިއްސާ ކުރެވޭ ޕެކްސް

  • 100 ޖީބީ 10 ދުވަހަށް - 300 ރުފިޔާ
  • 100 ޖީބީ 5 ދުވަހަށް - 200 ރުފިޔާ

މި ޖުމްލަ 100 ޖީބީގެ ތެރެއިން، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ލިބިގެންދާނެ އެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ 2 ޕްރީޕެއިޑް ނަންބަރަށް - ކޮންމެ މީހަކަށް 30 ޖީބީ އެވެ.

އަމިއްލަ ބޭނުމަށް ނެންގެވޭ ޕެކްސް

  • 100 ޖީބީ 5 ދުވަހަށް – 150 ރުފިޔާ
  • 100 ޖީބީ 3 ދުވަހަށް – 100 ރުފިޔާ

3. ޑޭޓާ ޕެކް ހަދިޔާކުރައްވައިގެން ހިލޭ ޑޭޓާ

ޢީދުގެ ހަދިޔާއެއްގެ ގޮތުގައި ގާތް ބޭފުޅުންނަށް ޑޭޓާ ޕެކް ހަދިޔާކުރައްވައިގެން އިތުރު އިނާމުތަކެއް މި އީދުގައި ހޯދުމުގެ ފުރުސަތުވެސް އުރީދޫ އިން ވަނީ ހުޅުވައިލައިފަ އެވެ. މި ގޮތުން ހަދިޔާ ކުރާ ކޮންމެ ޑޭޓާ ޕެކަކާއި އެކު، ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މި އޮފާ ފެށޭނީ އަޟްހާ އީދު ދުވަހުން ފެށިގެން، ޢީދު ނިމެންދެން ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

  • ފުރަތަމަ ޕެކް ފޮނުވުމުން: 1 ޖީބީ (4 ގަޑިއިރަށް)
  • ދެވަނަ ޕެކް ފޮނުވުމުން: 10 ޖީބީ (6 ގަޑިއިރަށް)
  • ތިންވަނަ ޕެކް ފޮނުވުުމުން: 100 ޖީބީ (4 ގަޑިއިރަށް)
  • ހަތަރުވަނަ ޕެކް ފޮނުވުމުން: 200 ޖީބީ (4 ގަޑިއިރަށް)

4. މަގޭ ޕްލޭނަށް އީދު ހަދިޔާ

މަގޭ ޕްލޭން އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 25 ޕަސެންޓް ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

އުރީދޫން ބުނީ އަޟްހާ އީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި މިފަދަ ހާއްސަ އޮފާތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް މި އޮފާތައް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;