އެންމެ ފުރަތަމަ މިދިޔަ ހަފުތާގެ ތެރޭގައި މާލޭ ސަރަޙައްދުން ދެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފަ އެވެ.
އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި އަނެއްކާ ވެސް މިވަނީ އިތުރު ދެ ކޭސްއެއް ފެނިފަ އެވެ. އެއާއެކު ހިމަބިއްސަށް ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދު މިވަނީ ނުވަޔަކަށް އަރައިފަ އެވެ. އޭގެ ތެރެއިން ހަ ކޭހަކީ މި ހިނގާ މެއި މަހު ފެނުނު ކޭސްތައް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި އަހަރުގެ ތެރޭގައި ފެނުނު ހިމަބިހީގެ ނުވަ ކޭސްގެ ތެރެއިން ހަ ކޭސް ފެނުނީ، އެޗުޕީއޭއިން ބުނި ގޮތުގައި، މި މަހުގެ ތެރޭގަ އެވެ.
މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް އެ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;