ads
ގަވަރުނަރު ފިލްމުގެ ޕޯސްޓަރު
މަނޯޖް ގަވަރުނަރެއްގެ ރޯލަށް، ޓްރެއިލާ މިއޮތީ!
އިންޑިއާގެ ހުނަރުވެރި އެކްޓަރު މަނޯޖް ބަޖްޕާއީ އިސް ރޯލަކުން ފެނިގެންދާ އިންޑިއާގެ 1990ގެ އިގްތިސާދީ ކާރިސާއަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ގަވަރުނަރު"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
Advertisement

ކުޅަދާނަ ފިލްމު ޑައިރެކްޓަރު ވިޕުލް އަމްރުތްލާލް ޝާހް އުފައްދާ މި ތަފާތު ފިލްމު ބިނާވެފައި ވަނީ އިންޑިއާގެ މާލީ ތާރީހުގައި ކުރިމަތިވި ނުތަނަވަސް ދުވަސްވަރެއްގެ ތެރޭ، ގަވަރުނަރެއްގެ ވާހަކަ އަށެވެ. 

ސަންޝައިން ޕިކްޗަސް ބެނާގެ ދަށުން އުފައްދާ މި ފިލްމުން 1990ގެ އަހަރުތަކުގައި އިންޑިއާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއާ ގުޅުންހުރި ހަގީގީ ހާދިސާތަކެއްގެ ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. 

މި ފިލްމު ބިނާވެފައި ވަނީ އިންޑިއާގެ މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، އިގްތިސާދު ފުނޑުފުނޑުވުމުގެ ބިރު އޮތް ދުވަސްވަރެއްގެ މައްޗަށް ކަމަށް އެ ފިލްމުގެ ޓްރެއިލާ އިން ފެނިގެން ދެ އެވެ. 

މި ދަތި އުނދަގޫ ވަގުތުގައި، އިގްތިސާދު ސަލާމަތްކުރުމަށް މުހިންމު ނިންމުންތަކެއް ނިންމެވި ގަވަރުނަރެއްގެ ދައުރު މަނޯޖް ބަޖްޕާއީ ވަނީ ވަރަށް ފުރިހަމައަށް އަދާކޮށްފައި ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފަ އެވެ.

ފިލްމުގައި މަނޯޖް ފެންނާނީ ސިޔާސީ ފިއްތުންތަކާއި، ރައްޔިތުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމާއި، އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި ހިތްވަރާ އެކު މަސައްކަތް ކުރި ޝަހްސެއްގެ ގޮތުގަ އެވެ.

މި ފިލްމުން މަނޯޖްއާ އެކު މުހިއްމު ރޯލަކުން ބަތަލާ އަދާ ޝަރުމާ ވެސް ފެންނާނެ އެވެ. "ގަވަރްނަރު" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;