މިއީ، ޏ. ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލިކަން ސާބިތުވެ ހަސަން ފަރީދު މެރުމަށް ކުރި ހުކުމަށް ހައި ކޯޓުން ހުކުމް ކުރި މައްސަލައެވެ.
ޖެނުއަރީ 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ޝުހާދަށް ހަމަލާދީ މަރާލި މައްސަލާގައި ފުވައްމުލަކު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ.
އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ވަނީ އިސްތިއުނާފް ކޮށްފަ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނޮވެމްބަރު 15، 2021ގައި ނިންމާލި ނަމަވެސް، މައްސަލަ ބަލާ ބެންޗު ބަދަލުވުމުން، އިތުރު އަޑު އެހުމެއް މީގެ ހައެއްކަ މަސްކުރިން ބޭއްވިއެވެ.
މި މައްސަލަ ދެން ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މި ފެށޭ ޖޫން މަހުގެ 11 ވަނަ ދުވަހަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;