ads
މަހުމޫދުގެ މަރުގެ މައްސަލަ ސުޕްރީމް ކޯޓަށް
މަހުމޫދުގެ މަރުގެ މައްސަލަ ސުޕްރީމް ކޯޓަށް
އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އޮލަމް މިއާ(ސާލިމް) މެރުމަށް ކުރި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހަޅައިފި އެވެ.
Advertisement

ކްރިމިނަލް ކޯޓުން ސާލިމް ގެ މައްޗަށް މަރަށް މަރުގެ ހުކުމް އިއްވީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

އޮކްޓޫބަރު 2021 ގައި ދަނގެތީ ފަޅުގެއެއްގެ ތެރޭގައި ތޫނު އެއްޗިއްސާއި ދަގަނޑު ބުރިން ހަމަލާދީގެން މަހްމޫދު މަރާލުމަށް ފަހު، ވަޅެއްގެ ތެރެއަށް ވައްޓާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ރަށުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ މައްޗަށެވެ.

އެ މައްސަލާގައި ސާލިމް މެރުމަށް ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ހުކުމްކުރި އެވެ. އަދި އެ ހުކުމަށް ޖުލައި 15، 2024 ގައި ހައި ކޯޓުން ތާއިދުކުރި އެވެ.

އެ ހުކުމް އިސްތިއުނާފްކުރަން ސާލިމްގެ ފަރާތުން ހުށަނޭޅުމުން އެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހެޅީ ދައުލަތުންނެވެ. ދައުލަތުން މިހާރު ވަނީ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ވެސް ވައްދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;