މިފިލްމާއި ގުޅިގެންސީއެންއެމް އާއި ވާހަކަ ދައްކަމުން ޑާކް ރެއިންގެ ފަރާތުން މުހައްމަދު އަލީ (މޮގާ) ބުނީ މި މުޅި ފިލްމު ނެގިފައިވަނީ ހަމަ ސިންގަލް ޓޭކް އަކުން ކަމަށާއި މި ފިލްމަކީ ކޮވިޑްގެ ތެރޭގައި ނެގިފައިވާ ފިލްމެއް ކަމުގައި އެވެ.
މި ކުރު ފިލްމު ލިޔެ ޑައިރެކްޓްކޮށްފައިވަނީ އައިސަތު ފުއާދު ތައުފީގު އެވެ.
އަދި މި ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ރަވީ ފާރޫގް، ރިސްމީ ރަމީޒް، އަބްދު ﷲ ޝަފީއު އިބްރާހިމް، އައިމިނަތު ޝަމާނާ، އައިމިނަތު ރަޝްފާ، އަހްމަދު ސައީދު އަދި އިސްމާއިލް ޖުމެއިހް އެވެ.
މި ފިލްމު ބިނާވެފައިވަނީ 4 މީހެއްގެ ދިރިއުޅުމަށެެވެ. 20 މިނެޓްގެ މި ފިލްމުގައި ލޯބި، އެކަކުއަނެކަކާއި އޮންނަ ގުޅުން، ހިތާމަ ވެސް އެކުލެވިގެންވެ އެވެ.
މި ފިލްމާއި ގުޅިގެން ވާހަކަ ދައްކަމުން މޮގާ ފާހަގަ ކުރި ގޮތުގައި މި ފިލްމު ސޫޓް ކުރުމުގައި އެތަށް ބައިވަރު އުދަގޫތަކަކާއި ކުރިލާން ޖެހުންކަމުގަ އެވެ.
އެ ގޮތުން އެ ގެއެއްގެ ތެރެއިން އޮފީހަކާއި އެޕާޓްމަންޓު ހުރި ލޮކޭޝަން އެއް ހޯދުމަށް ކުޑަކޮށް އުދަނގޫ ވިކަމަށާއި އަދި އެއް ޓޭކުން ނަގާފައި ވުމުން ފިލްމު ނެގުމަށްވެސް ކުޑަ އުދަގޫތަކެއް ދިމާވި ކަމަށް މޮގާ ވަނީ ފާހަގަ ކޮށްފައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;