ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހަށް ޑެޕިއުޓީ ޑިރެކްޓާ ގަވާނަންސް ޕޮލިސީ އެންޑް ރިސާޗްގެ މަގާމަށް މީހަކު ބޭނުންވާކަމަށެވެ. އެމީހެއްގެ އަސާސީ މުސާރައަކީ މަހަކު 7,875.00 ރުފިޔާއެވެ. އޭގެއިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި 2000 ރުފިޔާއާއި އެކްސްކްލޫސިވް ޖޮބް އެލަވަންސްގެ ގޮތުގައި 3,543.75 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ މަހަކު ލިބޭނެއެެވެ.
އޭގެއިތުރުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ ލިބޭނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ވަނީ އެ އޮފީހުގެ ސެކްރެޓޭރިއެޓް އޮފް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހަށް އެސިސްޓެންޓް ޑިރެކްޓަރެއްވެސް ހޯދަން އިއުލާންކޮށްފައެވެ. އެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 7,035.00 ރުފިޔާއެވެ. އޭގެއިތުރުން ސާވިސް އެލަވަނަސްގެ ގޮތުގައި 2,000.00 ރުފިޔާ އާއި އެކްސްކްލޫސިވް ޖޮބް އެލަވަންސްގެ ގޮތުގައި 3,165.75 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ މަހަކު ލިބޭނެއެެވެ.
އޭގެއިތުރުން އެމަގާމަށް ހޮވޭ މީހަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ ލިބޭނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;