ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ކައިރީގައި ރޭ ހިނގި މި އެކްސިޑެންޓަށް ފަހު، އުމުރުން 42 އަހަރުގެ ޑްރައިވަރު ވަނީ އެ ސަރަހައްދުން ފިލައިފަ އެވެ.
ނަމަވެސް، ފުލުހުން ފަހުން އޭނާ ހޯދާ ހައްޔަރުކޮށް ހެދި ޓެސްޓުތަކުން އޭނާ ހުރީ މަސްތުގެ ހާލަތުގައިކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މި ހާދިސާއާ ގުޅިގެން ޖުމްލަ 13 މީހުން ހޮމަގަމާ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރެއިން ތިން ފިރިހެނަކާއި ތިން އަންހެނަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
މަރުވި ފިރިހެނުންނަކީ އުމުރުން 35 އަހަރާއި 39 އަހަރާ ދެމެދުގެ ހަންވެއްލާ އަދި އަވިއްސަވެއްލާގެ ރައްޔިތުންނެވެ. މަރުވި އަންހެނުންނަކީ އުމުރުން 15 އަހަރާއި 57 އާ ދެމެދުގެ އުމުރުގެ، ޕިލިޔާންދަލާ ސަރަހައްދުގެ ރައްޔިތުންނެވެ.
އަނިޔާވި މީހުނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މި އެކްސިޑެންޓްގެ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;