ads
އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްގެ މަގާމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއް ރަހްމާން
އދ. ގެ އާންމު މަޖިލީހުގެ އާ ރައީސަށް، ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ
އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްގެ މަގާމަށް ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ.ހަލީލުއް ރަހުމާން އިންތިހާބުވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ. މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، މުހިއްމު މަސްއޫލިއްޔަތު އަދާކުރުމުގައި އދ. އާންމު މަޖިލީހުގެ އާ ރައީސަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. 

ރައީސް ވިދާޅުވީ، ޑރ. ހަލީލުއްރަހުމާންގެ ގާބިލު ރިޔާސަތުގެ ދަށުން، އާންމު މަޖިލީހަކީ ހުރިހާ މެންބަރު ގައުމުތަކަށްވެސް މުހިއްމު މަންސައެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. 

މިއީ ބަންގްލަދޭޝްގެ ރައްޔިތުންނަށާއި މި މުޅި ސަރަޙައްދަށްވެސް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކޮންމެ އަހަރަކު އެއްފަހަރު އިންތިހާބުކުރަނީ ސަރަހައްދުތަކަށް ބަހާލައިގެން، ދައުރުވާ އުސޫލުންނެވެ. ނަމަވެސް އާންމުކޮށް އެއް ކެންޑިޑޭޓަކަށްވުރެ ގިނައިން މި މަގާމަށް ވާދައެއް ނުކުރެ އެވެ. އަދި ގިނަފަހަރަށް ރައީސް ހޮވަނީ ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ.

މިއަހަރު މި މަގާމު ހާއްސަކުރެވިފައިވަނީ އޭޝިއާ-ޕެސިފިކް ސަރަހައްދަށެވެ. ސައިޕްރަސް އަކީ ވެސް މި ސަރަހައްދަށް ނިސްބަތްވާ ގައުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;