ޕިޗްްގެ ކްރެޑިޓް ރޭޓިންގައި މިހާތަނަށް ރާއްޖެއަށް ދީފައި އޮތީ "ސީސީ" އެވެ. އެހެންނަމަވެސް އެޖެންސީ މިއަދުވަނީ ރާއްޖޭގެ ރޭޓިން އެއް ދަރަޖަ މަތިކޮށް 'ސީސީސީ މައިނަސް' އަށް ބަދަލުކުރަން ނިންމާފައެވެ.
ފިޗް ރޭޓިންގްސްގެ ރިޕޯޓްގައި ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކުރުމަށް ނިންމީ މި އަހަރުގެ އޭޕްރީލް މަހުގައި ރާއްޖެއިން ދައްކަން އޮތް ސުކޫކުގެ ދަރަނި ދެއްކުމުން ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވިދާނެކަމަށް ބެލެވޭ ނުރައްކާ ކުޑަވެފައިވާތީކަމަށެވެ.
ސުކޫކުގެ ދަރަނި އެއްކޮށް ދައްކާ ނިންމުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ޕޗުން ބުނެއެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައި ހުރި އިގުތިސާދީ އަދި މާލީ ބޮޑެތި ނުރައްކާތައް ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ ބޭންކަށް މާރުކުރާ ގޮތަށް ގެނައި ބަދަލުގެ ސަބަބުން ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުކުރެވޭނެ ކަމަށްވެސް ފިޗުން ވަނީ ބުނެފައެވެ.
2024 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެ 'ސީސީސީ ޕްލަސް' ރޭޓިންގައި އޮތުމަށް ފަހު، އެ އަހަރުގެ އޮގަސްޓު މަހު އެ ރޭޓިން ވަނީ 'ސީސީ'އަށް ދަށްކޮށްފައެވެ. އަދި މިދިޔަ އަހަރުވެސް ވަނީ 'ސީސީ'ގައި ރޭޓިން ދަމަހައްޓައިފައެވެ.
ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ދަމަހައްޓައިފައިވަނީ ގައުމުގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކުމުގެ ބިރު އޮތް ކަމަށް ބުނެއެވެ. އެގޮތުން މި އަހަރުގެ އޭޕްރިލް މަހު އަނބުރާ ދައްކަން އޮތް ސުކޫކު ފައިސާގެ 524.68 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ވަނީ ފާހަގަކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;