ads
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ރަސްމާލެ ބިލް ފާސްނުކޮށް މަޖިލިސް ޗުއްޓީއަކަށް ނުދާނެހެން ހީވަނީ: ރައީސް
ރައްޔިތުން މަޖިލީހުން މި ހިނގާ ދައުރު ނިންމާ ޗުއްޓީއަށް ދިޔުމުގެ ކުރިން ރަސްމާލެ ބިލް ފާސްކުރާނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުއްޖެ އެވެ.
Advertisement

ސަރުކާރުގެ ފަރާތުން މިއަދު ވަނީ ރައްޔިތުން މަޖިލިހަށް ހަތަރު ބިލެއް ހުށައަޅާފަ އެވެ. އެއީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލާއި އިމިގްރޭޝަން ބިލްގެ އިތުރުން ރިއަލް އެސްޓޭޓް ބިލެވެ. 

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާެޔން މިއަދު ހުށައެޅި ބިލްތައް ފާސްނުކޮށް ރައްޔިތުން މަޖލީހުން ޗުއްޓީއަށް ދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އެގޮތުން މަޖލިސްގެ ދައުރު އިތުރުކޮށްގެންވެސް ބިލްތައް ފާސްކުރާނެކަމުގެ އިޝާރާތެއް ރައީސް ވަނީ ދެއްވާފަ އެވެ. 

" އަޅުގަނޑު ގަބޫލުކުރަނީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ދިއުމުގެ މުއްދަތު ފަަސްކޮށްގެން ވަގުތު ނަންގަވައިގެންވިޔަސް ޗުއްޓީއަށް ދިއުމުގެ ކުރީގައި މި ބިލްތައް، އަދިވެސް އެހެން ބިލްތައް އެބަހުރު މި ދައުރުގެ ތެރޭގައި ފާސްްކުރުމަށް އަޅުގނޑު އެދިފައި ހުރީ، އެ ހުރިހާ ބިލްތަކާއި އެކު ފާސްކޮށްދެއްވާނެކަމަށް." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން މިއަދު ހުށައެލި ބިލްތަކަށް އާއްމުންގެ ހިޔާލު ހޯދަން މަޖިލިހުން މިއަދު ހުޅުވާލާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އެކަމަށް ގާތްގަޑަކަށް ދެ ހަފްތާވަރު މަޖިލިހުން ދޭނެކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މިއަދު ސަރުކާރުން ރައްޔިތުން މަޖިލިހަށް ހުށައެޅި ބިލްތަކީ އެތައް ދުވަހެއްގެ ދިރާސާތަކާއި ފަންނީ ބޭފުޅުންގެ ހިޔާލާއެކު އެކުލަވާލާފައިވާ ބިލްތަކެއްކަމަށެވެ. އެގޮތުން މި ބިލްތަކުގެ މަސައްކަތް ކުރާތާ އަހަރެއް ދޮޅު އަހަރެއް ވެދާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް