މި އަހަރުގެ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނެރެފައިވާ ތަފާސްހިސާބު ރިޕޯޓުން ދައްކާގޮތުން، މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 29,856,552 ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 26,217,898.70 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެހެންކަމުން މީ 2025ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.9 އިންސައްތައިގެ ކުރިއެރުމެއްކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ.
މި މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ޒަކާތު ހައުސްއިންވަނީ ޒަކާތް ހައްޤުވާ އެކި ބައިތަކަށް ޖުމްލަ 15,306,546.64 ރުފިޔާ ޒަކާތުގެ އެހީގެ ގޮތުގައި ބަހާފައިކަމަށް އެ އިދާރާއިން ބުނެ އެވެ.
އެހީގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފީސަބީލިﷲ ގެ ބަޔަށްކަމަށާއި އެއީ 9.08 މިލިއަން ރުފިޔާކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. އަދި ފަޤީރުންނާއި މިސްކީނުންގެ ބަޔަށް 5.46 މިލިއަން ރުފިޔާވަނީ ބަހާފައިވާކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.