"މަންމަ އާއި ބައްޕަ މި ދަނީ، ބީނިޝްގެ ހުރިހައި އެއްޗެއް ބަލައި.. ދެން މަންމަ އާއި ބީނިޝް ދިރިއުޅޭނީ ބައްޕައާއެކު މި ގޭގައި" ލޯބިގޮތަކަށް މާލިކް ބުނެލި އެވެ.
"މަންމަ އާއި ބީނިޝް އުޅޭނީ މިގޭގައި؟ ބައްޕައާއެކު؟" ހައިރާންވެފައި ބީނިޝް ސުވާލުކުރި އެވެ.
"ޔެސް! މަންމައާއި ބައްޕަ އާއި ބީނިޝްއާއި ފަހަދުބޭބެ ވެސް އުޅޭނީ މިގޭގައި.. އެހެންވީމާ، މަންމައާއި ބައްޕަ މި ދަނީ ހުރިހައި އެއްޗެހި ބަލައި.. ޓީވީ ބަލާލަން ބީނިޝް އޮވެލަން، އެންމެ ރަގަޅުތަ؟" ބީނިޝްއަށް ފަސޭހައިން އިނގޭނެ ގޮތަށް މާލިކް ވާހަކަދެއްކި އެވެ.
"ޔެސް އިޓްސް އޯކޭ" މަޑުމަޑުން ބީނިޝް ބުންޏެވެ.
އެއްވެސް ކަމެއް ނުވަތަ އެއްވެސް އެއްޗެއް ބީނިޝް ބޭނުންވެއްޖެ ނަމަ، ފަހަދުބޭބެ ގާތުގައި ބުނުމަށް މާލިކް ހަނދާންކޮށްދިނެވެ. އެކަމަށްވެސް ބީނިޝް އެއްބަސްވި އެވެ.
ބީނިޝްގެ ބޮލުގައި ބޮސްދީފައި މާލިކް ތެދުވި އެވެ.
"އަހަރެންނާއެކު ކައިރާވެސް ދާންވާނެ" ތަފާތު ރާގެއްގައި މާލިކް ބުނެލީ، އޭނާގެ ދެ އަތް މަތީގައި އަހަރެން އުފުލައިލަމުންނެވެ.
އަހަރެންގެ ދެ ފައިން ހިނގާފައި ދެވޭނެކަމަށް ބުނީމެވެ.
ބިންމަތީގައި ބަހައްޓައި ދިނުމަށް އާދޭސްކުރީމެވެ.
އޭނާގެ ދެ އަތުން ދޫވެގެން އަހަރެން ވެއްޓުނަސް ހެޔޮކަމަށް، ގަދަވެސް ހެދީމެވެ.
އަޑުގަދަވެސް ކުރީމެވެ. ނަމަވެސް އަހަންނަށްވުރެން ބާރަށް ހަޅޭއްލަވައި ގަންނަމުން މުޅިތަން މާލިކް ހިމޭންކޮށްލީ ހިނދުކޮޅެއްގެ ތެރޭގައި އެވެ.
ދެ އަތް މަތީގައި އުފުލައިގެން ގެންގޮސް، އަހަރެންގެ އެޕާޓްމެންޓް ހުޅުވާފައި، އަހަރެންގެ ކޮޓަރިއަށް ވެއްދި އިރުވެސް އިތުރު އެއްޗެއް މާލިކް ނުބުނެ އެވެ.
އޭނާގެ ލޭގެ ޕްރެޝަރު މައްޗަށް އަރަމުން ދިޔަކަން އަހަރެންގެ ހަވަނަ ހިއްސު އިޝާރާތް ކުރި އެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓަމެވެ.
ކުއްލިޔަކަށް އަހަރެންނާއި ބީނިޝްގެ އެނދުމަތީގައި އަހަރެން ބޭންދި އެވެ. މާލިކްގެ ދެ ލޮލާއި މޫނަށް ރަގަޅަށް ބަލައިލެވުނީ އެވަގުތު އެވެ.
"އަނގައިން އެންމެ ލަފްޒެއްވެސް ބޭރުނުކޮށް، ހިމޭނުން މިތަނުގައި އިނދޭ! އަހަރެން ދައްކާ ވާހަކަ އަޑުއެހުން ފިޔަވައި އިތުރު އެހެން އެއްވެސް ގޮތެއް ކައިރާއަކަށް މިވަގުތު ނޯންނާނެ.. އެނގިއްޖެ؟" ނުރުހުމާއެކު މާލިކް ބުނެލި އެވެ.
"މާލިކް އާއި ވާހަކަދައްކަންވެސް އަހަރެން ބޭނުމެއް ނޫން..!" ދެ ބުމަ ގޮއްޖަހައިލާފައި އަހަރެން ބުނީމެވެ.
"ކައިރާ ވާހަކަ ދައްކާށެކޭ އަހަރެން ނުބުނަން.. މި ބުނަނީ އަހަރެން ދައްކާ ވާހަކަ އަޑުއަހަން!" މާލިކްގެ އަމުރުވެރި ބަސްތަކާއެކު އޭނާގެ ބުރުސޫރައިގެ ފިރިހެންވަންތަކަން އިތުރުވަމުން ދިޔަކަން ފާހަގަކުރަން އަހަރެން ބޭނުމެއް ނޫނެވެ. ފާއިތުވި ކޮންމެ ސިކުންތެއްގެ ބޭނުން އަހަރެން ހިފީ، އޭނާއާއި ދެކޮޅުވުމަށެވެ.
"ބުނަންތަ ޕްރިންސެސް، ތިހައި ގޮތްދޫނުކޮށް ނޫޅެވޭނެ..!" އަޑުގައި ވަނީ ދިމާކުރުމާއި އަމުރުވެރިކަމެވެ.
ނަމަވެސް ތަފާތު އަސަރެއް އޭނާގެ ލޮލުން އަހަރެން ދުށީމެވެ.
ބުނާ ކޮންމެ އެއްޗަކަށް އަހަރެންގެ ނުގަބޫލުކަން ދައްކަމުން، ދެކޮޅުހެދީމެވެ.
"މާލިކްއަކަށް އަހަރެން ކޮންޓްރޯލެއް ނުކުރެވޭނެ" އަހަރެން ޖަދަލުކުރީމެވެ.
"ޓޫ ބޭޑް ލަވް، ބިކޯޒް ޔޫ އަރ މައިން!" މާލިކްގެ ލޮލުން ފެނުނު ޖަޒްބާތު އަހަރެންގެ ކަނދުރާއިން ހީބިހި ނަގުވާލި އެވެ. ނަމަވެސް ގޮތް ދޫކުރާކަށް ގަސްތެއް ނުކުރަމެވެ.
"އަހަންނަކީ އެއްވެސް މީހެއްގެ އަމިއްލަ މުދާގަނޑެއް ނޫން!" އަހަރެން ބުނެލީމެވެ.
"ތިއީ ތެދެއް! ތިކަމާ އެއްބަސް!" އެއްބަސްވުމަށް ބޯ ޖަހައިލަމުން މާލިކް ބުންޏެވެ.
"އެހެންވީމައި، އަހަންނަކީ މާލިކްގެ މީހެކޭ ނުބުނެވޭނެ!" އަހަރެން ބުނީމެވެ.
"ކައިރާ އަކީވެސް، ބީނިޝް އަކީވެސް، ތި ދެ މީހުންނަކީވެސް އަހަރެންގެ ހައްގެއް! އިތުރަށް އެންމެ ލަފްޒެއްވެސް ތި ދުލުން ނުބުނެ، ބޭނުންވާ ހުރިހައި އެއްޗެއް ޕެކް ކުރޭ! އެކަމުގައި އަހަރެންވެސް އެހީވާނަން" މާލިކް ބޭނުންވާ ގޮތަށް ކަންކުރުމަށް އަހަންނަށް އޭނާ އަމުރުކުރި އެވެ. ބުނާހައި އެއްޗެއް ގަބޫލުކުރާން އަހަރެން މިވަގުތު ގަސްދެއް ނުކުރަމެވެ.
"މާލިކް ކިތަންމެ ބޭނުންވިޔަސް، ތިކަމެއް ނުކުރާނަން!"
"ކޮންކަމެއް؟"
"ބު**ޓ!"
އަހަރެންގެ ދުލުން އެ ބަސްތައް ބޭރުވެ ނުނިމެނީސް، މުލައްދަނޑީގައި ހިފައި ގެނެސް މާލިކްގެ މޭގައި ތަތްކޮށްފި އެވެ.
"ޕްރިންސެސް ބުނަން..، ހަތަރެސް ފަޔަށް އޮބިނޯވެގެން އުޅެން ހިތަށްވެސް ނާރުވައްޗޭ! އަހަރެންގެ ރުޅިއާއި ރުންކުރުކަމުގެ ނަތީޖާ މާ ރަގަޅެއް ނުވާނެ..! އަހަންނަކީ ބުނާ ކޮންމެ ބަހެއް ސީދާކުރާނެ މީހެއް! ނިންމާ ކޮންމެ ގޮތެއް ހަގީގަތަކަށް ހަދާނެ މީހެއް! އަހަރެން ބޭނުންވެއްޖެ ކޮންމެ ކަމެއް ކުރާނަން، ބޭނުންވެއްޖެ ކޮންމެ އެއްޗެއް ހާސިލްކުރާނަން..! އެހެންވީމާ އަހަރެން ރުޅި އެރުވުމުގެ ނަތީޖާ ކައިރާއަށް މާ ބޮޑު ފައިދާއަކަށް ނުވެދާނެ!"
ކުރިއަށްވުރެން އެތަށް ގުނައެއް އޭނާގެ މޭގައި އަހަރެން ފިއްތާ ބާރުކޮށްލި އެވެ. ދެމީހުންގެ ނޭވާގެ އަޑު އެކުވެފައިވާއިރު، ހިތުގެ ތެޅުމުގެ އަޑު، އަންނަ މިސްރާބު ވަކިކުރާން ނޭގޭވަރަށް އެކުވެއްޖެ އެވެ. މާލިކްގެ ހޫނު ނޭވާ އަމާޒުވެފައި ވަނީ ސީދާ އަހަރެންގެ މޫނަށެވެ.
"ޕްރިންސެސްއަށް އޮތީ ދެ ގޮތް! ފުރަތަމަ ގޮތަކީ، ސުލްހަވެރިކަމާއެކު ބީނިޝްއާއި ޕްރިންސެސްގެ ހުރިހައި އެއްޗެއް ހިފައިގެން އަހަރެންގެ ގެއަށް ބަދަލުވުން.. ދެވަނަ ގޮތަކީ ނުކިޔަމަންތެރިކަމާއި ބަސްނޭހުމާއެކު ގަދަ ދައްކަމުން، މިތަނުގައި ހުރި ބޭނުން ހުރިހައި އެއްޗެއް ހިފައިގެން އަހަރެންގެ ގެއަށް ބަދަލުވުން..!" ނުރައްކާތެރި މިންވަރަކަށް އަހަރެން ގެނެސް މާލިކްގެ މޭގައި ތަތްކޮށްފި އެވެ. އިސްކޮޅުގެ ތަފާތު ކިތަންމެ ބޮޑަސް، މާލިކްގެ ނޭފަތް އަހަރެންގެ ނޭފަތުގައި ބީހިލައިފި އެވެ. ކުރެވުނު އިހްސާސުން އަހަރެންގެ ހިތުގެ ތެޅުން އަވަސްވި އެވެ.
"އަހަރެންނާއެކު އަހަރެންގެ ގޭގައި ދިރިއުޅުން ނޫން އެހެން އެއްގޮތެއްވެސް ކައިރާއަކަށް ނެތް! އިއްތިފާގުން، ކައިރާގެ ދަރިފުޅު، އޯހހހ ސޮރީ، އަހަރުމެންގެ ދަރިފުޅު އަހަރެން ދެކެ އާދަޔާ ހިލާފަށް ލޯބިވޭ! އެއިގެ ސަބަބުން، އަހަރެން ބޭނުން ގޮތަކަށް ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ އިހްތިޔާރު އަހަރެންގެ އަތުގައި އެބަ އޮތް!" ފަހުރުވެރިކަމާއެކު މާލިކް ބުނެލި އެވެ. އަހަރެންގެ ދެ ބުމަ ގޮއްޖަހައިލީމެވެ.
"ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރުމުގެ އިހްތިޔާރު..؟ އެއިގެ މާނައަކީ ކޮބާ؟ ތިޔަ ބުނަނީ އަހަރެންނާއެކު 'ގުޅުން' ހިންގާ ވާހަކަތަ؟" ރުޅިގަދަވެފައި އަހަރެން ސުވާލުކުރީމެވެ.
ހަމަ ކުއްލިޔަކަށް މާލިކްގެ ދެއަތުގެ ތެރެއިން އަހަރެންގެ ހަށިގަނޑު ދޫވެއްޖެ އެވެ. އޭނާ އުއްމީދު ނުކުރި އެއްޗެއް އަހަންނަށް ބުނެވުނީކަން ޔަގީނެވެ.
މާލިކްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިކަންވެސް އަހަރެން ދެނަހުރީމެވެ.
އެކަމަކު މައާފަށް އެދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އިރުކޮޅެއް ވަންދެން މާލިކްގެ މޫނަށް ބަލަހައްޓައިގެން އަހަރެން ހުރީމެވެ. ސިކުނޑި ބުނީ ރަގަޅަށްކަމަށްވެސް ނިންމީމެވެ.
"ސޯ އިޓްސް ސ**...،؟ އެންމެ ރަގަޅު! އެއީ އަހަރުމެން ދެމީހުންގެ ދެމެދު މި އޮތް ކަންކަން ހައްލުވާނެ ހަމައެކަނި ގޮތް ކަމަށް މާލިކްއަށް ފެންނަންޏާއި، އަހަރެންނާއެކު އެކަންވެސް މާލިކް ކުރަންވީ!" ވިސްނާލުމެއް ނެތި އަހަރެން ބުނެލީމެވެ.
ތަރުޖަމާކުރާން ނޭގުނު ޖަޒްބާތަކުން މާލިކްގެ ދެ ލޮލުގެ ވިދުން ކަޅުވެގެން ދިޔަ މަންޒަރު އަހަރެން ދުށީމެވެ.
އިށީންދެ އިން އެނދުމަތީން ތެދުވެގެން ގޮސް މާލިކް ހުއްޓުނީ އަލަމާރި ކައިރީގަ އެވެ.
އަލަމާރި މަތީގައި އަހަރެން ބާއްވާފައި އޮތް ފޮށި ނެގުމަށްފަހު، އެނދުމަތީގައި ބަހައްޓާފައި ހުޅުވައިލި އެވެ. ފެންނާން ހުރި ބީނިޝްގެ ހުރިހައި އެއްޗެއް އެ ފޮއްޓަށް އަޅައި ބަންދުކުރި އެވެ.
އަލަމާރި ކައިރީގައި ހުރި ފޮށިވެސް ގެނެސް އެނދުމަތީގައި ބާއްވާފައި އަނެއްކާވެސް ދިޔައީ އަލަމާރި ކައިރިއަށެވެ. އަހަރެންގެ އަންނައުނުތަކަށް ރަގަޅަށް ބަލައިލުމަށްފަހު ފަރުވާތެރިކަމާއެކު އެ ފޮއްޓަށް އަޅައިފި އެވެ. ނަމަވެސް ލިބުނު ހައިރާންކަމަކީ އަހަރެން 'ދަށުންލާން ބޭނުންކުރާ' އެއްވެސް އެއްޗެއްގައި މާލިކް އަތެއް ނުލި އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;