ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، މި ސުކޫކަކީ މެދު ރާސްތާގައި އިގުތިޞާދު ކުރިއެރުވުމަށް، ޚާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ސަރުކާރާއި ބީ.އެމް.އެލް ގުޅިގެން ކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.
ޒަމީރު ވިދާޅުވީ މި އިސްނެގުމުގެ ބޭނުމަކީ ޓޫރިޒަމްގެ ދާއިރާގެ ތެރެއިން އިގުތިސާދު ކުރިއެރުވުމާއި އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިގުތިސާދީ ހަރަކާތްތައް ފުޅާކުރުން ކަމަށެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ރައީސްގެ ސާފު ސިޔާސަތަކީ މާލީ ހަމަޖެހުން ކަށަވަރުކުރެއްވުމާއެކު، މެދުރާސްތާގައި ދަރަނީގެ ދެމެހެއްޓެނެވިކަން ޔަގީންކުރެއްވުމެވެ. އަދި އެކަން ކުރައްވާނީ އަމިއްލަ ވިޔަފާރިތަކަށް އިންވެސްޓުކުރައްވައި ރަނގަޅު އުޖޫރައެއް ލިބޭ ވަޒީފާތައް އިގުތިސާދުގެ ތެރޭގައި އުފައްދަވައގެންކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމުން ދައްކުވައިދެނީ ސަރުކާރުން ރާވާފައިވާ މާލީ އިސްލާހުތަކާއި، ތަންފީޒުކުރަމުންދާ އިގުތިސާދީ ސިޔާސަތުތަކަށް އިތުބާރު ލިބެމުންދާކަންކަން ފާހަގަކުރައްވަމުން ޒަަމީރު ވިދާޅުވީ އެ ސިޔާސަތުތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަކަމުގެ މައްޗަށް ފިޗުގެ ނިންމުމުން ދަލީލުކުރަ ކަމަށެވެ.
ފިޗުން މި ނިންމުން ނިންމާފައި ވަނީ މިދިޔަ އޭޕްރިލް މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ކާމިޔާބުކަމާ އެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;