ads
ސުއޫދު
ކުރީގެ ފަނޑިޔާރު ސުއޫދު ސުއޫދު ވަކީލެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު އެ ކޯޓުން ބަލަމުންދާ އިންތިހާބާ ބެހޭ މައްސަލައެއްގައި ވަކާލާތު ކުރުމަށް ގާނޫނީ ވަކީލެއްގެ ގޮތުގައި މިއަދު އެ ކޯޓަށް ހާޒިރުވެއްޖެ އެވެ.
Advertisement

ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން، ސުއޫދު ކޯޓަށް ވަޑައިގަތީ ނިމިދިޔަ ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލް މެންބަރު ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިިކިތަކެއް ހުރުމުން އެ ތިން ވޯޓު ކަރުދާސް ބާތިލްކޮށް ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މަޖިލީހަށެވެ. ސުއޫދު ތަމްސީލް ކުރެއްވީ މައްސަލަ ހުށަހެޅި އެމްޑީޕީ ކެންޑީޑޭޓެވެ.

ސުއޫދު އިސްތިއުފާ ދެއްވީ، ފެބްރުއަރީ 26، 2025 ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުންނެވެ. ސުއޫދު ހިމެނޭހެން އެ ސަސްޕެންޝަން އައީ، މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;