ads
4000 ފްލެޓުން ފްލެޓެއް ކުއްޔަށްދިން މީހަކު ޖޫރިމަނާކޮށް، ތިން މީހަކަށް އިންޒާރު
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 4،000 ހައުސިން ޔުނިޓްގެ ތެރެއިން ފްލެޓެއް ކުއްޔަށްދިން މީހަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
Advertisement

4،000 ހައުސިން ޔުނިޓްގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލުތަކާ ހިލާފަށް ކުއްޔަށް ދޫކުރަމުންދާ މައްސަލަ ފާހަގަކުރެވުން އަންނަކަމަށް އެފްޑީސީން ބުނެއެވެ. 

އެގޮތުން އެފަދަ މައްސަލަތައް ބަލާ ފިޔަވަޅު އަޅަމުން އަންނަކަމަށާއި ފްލެޓެއް ކުއްޔަށްދިން މީހަކު މިދިޔަ މަހު ޖޫރިމަނާކޮށްފައިވާކަމަށް އެފްޑީސީން ބުނެއެވެ. އަދި އެ ފަދަ މައްސަލައެއްގައި އިތުރު ތިން މީހަކަށް މީހާރު ލިޔުމުން އިންޒާރު ދީފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި އެފަދަ އިތުރު ދެ މައްސަލައެއް ފާހަގަކުރެއްވި އެކަން ތަހުގީގުކުރަމުން އަންނަކަމަށްވެސް އެފްޑީސީން ބުނެއެވެ. 

4000 ފްލެޓްގެ ތެރޭގައި ހިމެނޭ 'އަމާން އުދަރެސް'ގެ ތިން ކޮޓަރީގެ ފްލެޓެއްގެ ތެރެއިން ދެ ކޮޓަރި ލޭބާ ކުއާޓާއެއްގެ ގޮތުގައި ބީދޭސީން ތަކަކަށް ކުއްޔަށް ދިނުމުން އެ ފްލެޓުގެ ވެރިފަރާތް 50،000 ރުފިޔާއިން މީގެ ކުރިން ވަނީ ޖޫރިމަނާކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;