މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ ބޮޑު އީދުގެ މުނާސަބަތާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން ކަމަށެވެ. ކުރިން ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ 31 އަށެވެ.
އެހެންވެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި އެދުމުގެ ފުރުސަތު މިހާރުު ވަނީ މި މަހުގެ 14 އާ ހަމަައަށް އިތުރުކޮށްފަ އެވެ. އެކަމަށް އެދި ހުށަހަޅާނީ މިނިސްޓްރީގެ އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހަޅަންޖެހެ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މިނިސްޓްރީގެ ނަމްބަރު 3339274 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެެވެ.
މިދިޔަ އަހަރު މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް ބާއްވާފައިވަނީ، ރ. ދުވާފަރުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;