މިއަހަރުވެސް ރާއްޖެއިން 1000 މީހުން ހައްޖަށް ދިޔައިރު ހުރިހާ ހައްޖުވެރިން ފުރާފައިވަނީ ހަތަރު ގްރޫޕަކަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިން ރާއްޖެ އަންނާނީވެސް ރާއްޖެއިން ދިޔަ ތަރުތީބުން ހަތަރު ގުރޫޕަކަށް ބަހާލައިގެންކަމަށެވެ.
އެގޮތުން ފުރަތަމަ ގްރޫޕުގެ ހައްޖުވެރިން މިއަދު ވަނީ މާލެެ އައިސްފައެވެ. މިއަދު މާލެ ރާއްޖެއައީ 238 ހާޖީއެވެ.
ދިވެހި ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާ ދުވަސްތައް
މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރީ 21 ދުވަހެވެ.
ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އަދި، ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އެދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;