ads
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަނާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން --
ފަތުރުވެރިކަމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރަން އެއްބަސްވުމެއް
ފަތުރުވެރިކަމުގެ ދާއިރާގައި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން "ޕީޕަލް ސެންޓާޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވާމަންޓް މޮޑެލް" ތައާރަފުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަނާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
Advertisement

ބ އަތޮޅުގެ ދަރަވަންދޫ، ދޮންފަނު، ކިހާދޫ އަދި ކުޑަރިކިލުގައި ފެށުމަށް ހަމަޖެހިފައިވާ މި ޕައިލެޓް ޕްރޮގްރާމަކީ އަންހެނުންނާއި ޒުވާނުންނާއި، އިސްރަށްވެހިންނަށް ފުރުސަތުތައް ފަހިކޮށްދީ، އާއިލާތަކަށް ބައިވެރިވެވޭ ފަދަ ފަތުރުވެރިކަމުގެ ނިޒާމެއް ބިނާކުރުމަށް ފަރުމާކުރެވޭ މަޝްރޫއެކެވެ. މި މަސައްކަތުގެ އަސާސަކީ ފަތުރުވެރިކަން ފުޅާކުރުމުގައި ރަށްރަށުގެ މުޖުތަމައުތަކުގެ ބޭނުންތަކާއި ޝުއޫރުތަކަށް ރިއާޔަތް ކުރުމެވެ.

މި މަޝްރޫއުގެ ފެށުމެއްގެ ގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ މެޕިންގްގެ މަސައްކަތްތަކެވެ. މިއީ މުސްތަގުބަލުގައި ކުރިއަށްދާނެ ކެޕޭސިޓީ ބިލްޑިންގްގެ އާއި އުފެއްދުންތެރިކަމުގެ މަރުހަލާތަކަށް އެޅޭ ބިންގަލެކެވެ.

މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްތަކުގައި މެޕިންގް މަސައްކަތްތައް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށުމަށް ތާވަލުކޮށްފައިވެ ފައެވެ. އަދި އެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ ތަފްސީލުތައް ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފަތުރުވެރިކަމުގެ އާ މޮޑެލެއް ތައާރަފުކުރާއިރު، ސަރުކާރުން ވަނީ، ފަސް އަތޮޅެއްގައި ހަލާލް ޓުއަރިޒަމް ތައާރަފުކުރަން ނިންމާފަ އެވެ. އެއީ، ރިސޯޓު ތަރައްގީކުރަން ދޭ މުއްދަތު (ގްރޭސް ޕީރިއަޑް)ގެ ކުރިން އެ ރިސޯޓު ތަރައްގީކޮށް އޮޕަރޭޝަނަށް ގެނެވިއްޖެ ހާލަތެއްގައި، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއަޑްގެ ބާކީ އޮތް މުއްދަތައް އަރާ ބިމު ކުލި މައާފުކުރެވޭ ގޮތަށް ދޭ ލުޔަކާއެކީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;