ފުލުހުން ބުނީ މަސްދޯންޏަކުން ގދ. ގައްދޫ ކައިރިއަށް އެން ނަގަން ޑައިވިންނަށް ފޭބި މީހަކު ގެއްލިގެން އެކަމުގެ ރިޕޯޓް ރޭ ފަތިހު 05:40 ހާއިރު ލިބުނުކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މޫދު އަޑީގައި އޮއްވާ ފެނިފައިވާކަމަށާއި ފެނުނު އިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
އެ މީހާ މިހާރު ގދ. ގައްދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގއި މަރުވެފައިވަނީ ގދ. ގައްދޫ އޭޝިޔާ އުމުރުން 44 އަހަރުގެ އިސްހާގް ރަޝީދުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;