ads
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އީރާނާއި އެމެރިކާގެ މަޝްވަރާތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރި ބޯޑެއް ކައިރިން ބަޔަކު ހިނގާފައި ދަނީ: ވާހަކަތައް ނުހުއްޓި އަދިވެސް ކުރިއަށްދާ ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
ޓްރަމްޕް އީރާނަށް؛ މީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު!
ފެބްރުއަރީ 28 ގައި އެމެރިކާ-އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމަ އަށް މިއަދު 100 ދުވަސް ވީ އެވެ. ތަފާތު "ދިރުން ނެތް" އެއްބަސްވުން ތަކަށް އަމަލުކުރަމުންދާތާ ދުވަސްތަކެއް ވީ ނަމަވެސް އަދިވެސް ދާއިމީ ގޮތަކަށް ހަމަލާ ނިމުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތަކަށް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
Advertisement

ނަމަވެސް އެމެރިކާ އާއި އީރާނާ ދެމެދު "މެދުކެނޑުމެއްނެތި" ވާހަކަދެކެވެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަނީ ވިދާޅުވަމުން ނެވެ. އަދި މި މަޝްވަރާއިން ނުކުންނާނީ ކޮން ނަތީޖާއެއްކަމެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ.

"...އެކަމަކު އަހަރެން އީރާނަށް ބުނިން، މިއީ ކޮންމެވެސް އެއްގޮތަކުން އެ މީހުން އެއްބަސްވުމަކަށް އަންނަންވީ ވަގުތު ކަމަށް. އީރާނުން ތިކަން ކުރަމުންތާ 47 އަހަރުވެއްޖެ، އަދި އެކަން އެގޮތަށް ކުރިއަށްދިޔުމުގެ ފުރުސަތެއް ދެން ނުދެވޭނެ!" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އައުން ފިޔަވައި އީރާނަށް "އިތުރު އެހެން ގޮތެއް ނެތް" ކަމަށެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ހަނގުރާމަ ކުރުމުގެ ގާބިލްކަން އީރާންގެ ކިބައިން މުޅިން ނައްތާލާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ފެބުރުވަރީ 28 ގައި އިޒްރާއީލު ރުއްސުމަށް ޓްރަމްޕް ފެށްޓެވި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ވޮޝިންޓަނާއި ތެހްރާނުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. މި ވަގުތު ދެ ފަރާތުގެ މެދުގައި އޮތް އެންމެ ބޮޑު ނުތަނަވަސްކަން ގުޅިފައިވަނީ އީރާނުން މުއްސަނދިކޮށް، ރައްކާކޮށްފައިހުރި ޔުރޭނިޔަމްއާ އެވެ. 

your imageއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު -- ފޮޓޯ: އޭއެފްޕީ


ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދަވަނީ އެ ތަކެތި އެމެރިކާއިން އަތުލައިގަންނާނެ ކަމުގަ އެވެ. ނަމަވެސް، އެ ސިޔާސަތު ބަދަލުކުރައްވައި، ޓްރަމްޕް އެންމެ ފަހުން ވިދާޅުވީ، ދެ ފަރާތުން އެއްބަސްވާ ތަނަކަށް އެ ތަކެތި ގެންގޮސް، ނައްތައިލުމަށް އެއްބަސްވާން ވޮޝިންޓަނުން ތައްޔާރަށް އޮތް ކަމުގަ އެވެ.

އީރާނާއެކު ސުލްހައިގެ ވާހަކަތަކުން އެމެރިކާއަށް ކުރިއެރުން ނުލިބެނީ އެމީހުންގެ ދަހިވެތިކަމާއި އަމަލާއި ބަހާ ދިމާނުވާތީ ކަމަށް އީރާން މީޑިއާތަކުން މިފަހުން ވަނީ ބުނެފަ އެވެ. ޓްރަމްޕް ވަނީ އެމެރިކާ އެދޭ ހުރިހާ އެދުންތަކަށް އީރާން ދީލާލައިފާ ވާކަމަށް ބުނެ އެތައް ފަހަރަކު ވާހަކަ ދައްކާފައެވެ. އީރާންވަނީ ޓްރަމްޕް ހަދަނީ ކަނޑައެޅިގެން ދޮގުކަމަށާއި ޓްރަމްޕްގެ ދޮގުތަކަށް ރައްދުދިނުމަކީ ވަގުތު ބޭކާރު ކުރުންކަމަށް ސިފަކޮށްފަ އެވެ.

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން ބަޔަކު ކާބޯތަކެތީގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އދ. އިން މިހާރު ވަނީ ދީފަ އެވެ.

މެދުއިރުމަތީގައި އުފެދިފައިވާ މި ނުތަނަވަސްކަން ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ހަމަލާތައް މެދުކަނޑާލުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ. އދ. އިން ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;