ފިލިޕީންސްގެ މިންޑަނާއޯއަށް ރޭ ފަތިހުވަނީ ރިކްޓަރ މިންގަނޑުން 8.1ގެ ބާރުމިނުގެ ބިން ހެލުމެއް އައިސްފައެވެ. މި ބިން ހެލުމާއި ގުޅިގެން އޭޝިއާގެ ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ބިން ހެލުމާއި ގުޅިގެން އިންޑިއާ ކަންޑުގައި ސުނާމީއެއް ނުއުފެދޭނެކަމަށެވެ.
މި ބިން ހެލުން އައިސްފައިވަނީ ވެރިރަށް މާލެއާ 5723 ކިލޯ މީޓަރު ދުރަށްކަމަށް މެޓް އޮފީހުން ބުނެއެވެ.
ފިލިޕީންސްގެ މިންޑަނާއޯއަށް އެގައުމުގެ ގަޑިން ހެނދުނު 07:40 ގައި އައި ބިންހެލުމާ ގުޅިގެން ފިލިޕީންސްގެ އިތުރުން އިންޑޮނޭޝިއާ އަދި ޖަޕާނުގެ ކަމާބެހޭ އިދާރާތަކުން ވަނީ ސުނާމީގެ ނުރައްކާ އޮތްކަމަށް ބުނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ބިންހެލުމުގެ ބާރުގަދަކަމުން ފިލިޕީންސް އާއި ކައިރި ގައުމުތަކުގެ ކަނޑުގެ ލޮނުގަނޑަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;