އުމުރުން 60 އަހަރުގެ އެކްޓަރު ލަންޑަނަށް ގޮސްފައިވަނީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށެވެ. މި ދަތުރުގައި ޝާހްރުކް ޚާން އޭނާގެ އަނބިމީހާ ގޯރީ ހާން އަދި ދަރިފުޅު ސުހާނާ ޚާންއާއެކު ލަންޑަނުގެ މަގުތަކުގައި ހިނގާލަން ނިކުމެ އުޅެނިކޮށް ވަނީ ފެނިފަ އެވެ.
އެ ތިން މީހުން އެކުގައި ވަގުތު ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް މިހާރު ދަނީ މީޑިއާގައި ދައުރުވަމުންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މަޝްހޫރުކަމާއި ކެމެރާތަކާ ދުރުގައި އެ އާއިލާއިން ދަނީ ހަމަހިމޭން މާހައުލެއްގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންނެވެ.
މި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ޝާހްރުކް ޚާން މި ވަގުތު ޗުއްޓީ ހޭދަކުރަމުންދާއިރު، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ "ކިންގް" ކިޔާ ފިލްމަކުންނެވެ. މި ފިލްމުގެ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު އޭނާ ކުރަމުންދާ މި ދަތުރަކީ މަސައްކަތްތަކުން ބުރަކޮށް އުޅުމަށްފަހު ލިބުނު ކުރު ބްރޭކެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;