މިއީ މިދިޔަ އޭޕްރީލް މަހު ހަމަލާ މެދުކަނޑާލުމަށް ފަހު، އީރާނުން ސީދާ އިޒްރޭލަށް ދިން ފުރަތަމަ ހަމަލާ އެވެ. ތެހެރާނުން ބުނި ގޮތުގައި، މި ހަމަލާއަކީ ލުބުނާނާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުންތަކާ އިޒްރޭލުން ހިލާފުވުމުގެ ސަބަބުން ދިން ހަމަލާއެކެވެ. އީރާންގެ އަސްކަރިއްޔާއިން ބުނީ ބައިރޫތަށް ހަމަލާ ދިނުމަކީ އިޒްރޭލުން ހުރިހާ ރަތް ރޮނގެއް ހުރަސްކުރުން ކަމަށެވެ.
ރައްދުގައި އީރާނުގެ ހުޅަނގާއި މެދުތެރެއަށް އިސްރާއީލުން ވައިގެ މަގުން ހަަމަލާތައް ދީފައިވާނެ ކަމަށް މިއަދު ހެނދުނު އިސްރާއީލުން ސިފައިން ވަނީ ބުނެފަ އެވެ. އިޒްރޭލުން މި ހަމަލާތައް ދިންކަން ކަށަވަރުކޮށްދެމުން ބުނީ މިއީ މިސައިލް ހަމަލާތަކުގެ ރައްދު ކަމަށެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުން ފެށުމުގެ ހަނގުރާމައަށް 100 ދުވަސް ވެފައި ވާއިރު މި ހަމަނުޖެހުން ނިންމުމަކަށް ގެނައުމަށްޓަކައި އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
ހަމަލާތައް ބަދަލުކުރުމުގެ ސަބަބުން ހަނގުރާމަ އަނެއްކާ ވެސް ފެށިދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ. ދެ ފަރާތުން އަލުން ހަމަލާތައް ބަދަލުކުރަމުންދިޔަ ނަމަވެސް، ޓްރަމްޕް ވިދާޅުވަނީ ފުޅާ އެއްބަސްވުމަކާ އަދިވެސް ވަރަށް ގާތްވެފައިވާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;