ads
ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް އޭލެވެލް ކިޔަވަން ފެށި ދަރިވަރުން
އަތޮޅުތެރޭ އިތުރު 4 ސްކޫލެއްގައި އޭ ލެވެލަށް ކިޔަވާދޭން ފަށައިފި
އަތޮޅޫތެރޭ އިތުރު 4 ސްކޫލެއްގައި އޭ ލެވެލަށް ކިޔަވާދޭން ފަށައިފިއެވެ.
Advertisement

އޭ ލެވެލަށް މި އަހަރު ކިޔަވައި ދޭން އަލަށް ފެށި ސްކޫލްތަކަކީ ރ. އަތޮޅު އުނގޫފާރު ސްކޫލާއި އެ އަތޮޅު އިނގުރައިދޫ ސްކޫލާއި ތ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ގދ. މަޑަވެލީ ސްކޫލެވެ. މި ސްކޫލްތަކުގައި އޭލެވަލަށް ކިޔަވާދޭން ފަށާފައިވަނީ އިއްޔެއެވެ. 

އަލަށް އޭލެވެލް ފެށި ސްކޫލްތަކުގަައި ކިޔަވާ ދަރިވަރުންގެ އަދަދު 

  • އުނގޫފާރު ސްކޫލް - 11 ދަރިވަރުން
  • އިނގުރައިދޫ ސްކޫލް - 8 ދަރިވަރުން 
  • މަޑަވެލި ސްކޫލް - 9 ދަރިވަރުން 
  • ތ. އަތޮޅު ތައުލީމީ މަރުކަޒު - 8 ދަރިވަރުން

your imageމަޑަވެލި ސްކޫލްގައި އަލަށް އޭލެވެލަށް ކިޔަވާން ފެށި ދަރިވަރުން

މި ސްކޫލްތަކުގެ ތެރެއިން އުނގޫފާރު ސްކޫލުގައި މީގެކުރިންވެސް މަތީ ސާނަވިއަށް ކިޔަވައި ދީފައިވެއެވެ. އެހެންމަވެސް މެދުކެނޑުމަކަށްފަހު އަލުން އެ ސްކޫލްގައި އޭލެވަލަށް ކިޔަވާދޭން ފަށާފައިމިވަނީ 7 އަހަރަށް ފަހުއެވެ. މިދިޔަ އަހަރު 5 ސްކޫލެއްގައި އޭ ލެވެލްއަށް އަލަށް ކިޔަވައި ދޭން ވަނީ ފަށާފައެވެ. 

މާލޭގެ ސީއެޗްއެސްސީގައިވެސް މިއަހަރު އަލަށް އޭލެވެލް ކިޔަވާކުދިންނަށް އިއްޔެ ވަނީ ކިޔަވާދޭން ފަށާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;