ads
އުމަރު އަބްދުލްކަދީރު އާޓަމް ވަނީ މަޔާމީ އެއާޕޯޓުން ހުއްޓުވައި އޭނާ އެމެރިކާއަށް އެރުން މަނާ - ފޮޓޯ: އޭއެފްޕީ
ވޯލްޑް ކަޕަށް ދިޔަ ސޯމާލިއާ ރެފްރީ އަށް އެމެރިކާ އަށް އެތެރެވާން ފުރުސަތު ނުދިން!
އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕަށް ދިޔަ ސޯމާލިޔާގެ ރެފްރީ އުމަރު އަބްދުލްކަދީރު އާޓަމް އެމެރިކާއަށް އެތެރެވުން މަނާކޮށް އަނބުރާ ފޮނުވާލައިފި އެވެ.
Advertisement

މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް އުމަރު އާޓަމް ދިއުމުން، އެމެރިކާގެ ބޯޑަރު ކޮންޓްރޯލުން އޭނާ ހުއްޓުވައި، ވަގުތުން އިސްތަންބޫލަށް ދާ ފްލައިޓަކަށް ވަނީ އަރުވާފަ އެވެ. އޭނާ ދަތުރުކުރަމުން ދިޔައީ ޑިޕްލޮމެޓިކް ޕާސްޕޯޓެއްގަ އެވެ. 

އަދި ނައިރޯބީގައި ހުންނަ ސޯމާލިއާ އެމްބަސީން އޭނާގެ ވިސާގެ ކަންކަމުގައި އެހީތެރިވެފައިވީ ނަމަވެސް، އެމެރިކާގެ އިދާރާތަކުން ވަނީ އޭނާ އެތެރެވުމުގެ ހުއްދަ ނުދީފަ އެވެ.

އާޓަމް އަށް ފުރުސަތު ނުދިނީ ކީއްވެތޯ، އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ސޯމާލިއާ އަކީ އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް މިދިޔަ އަހަރު އެ ގައުމަށް އެތެރެވުން މަނާކުރަން އިއުލާނުކުރި ޓްރެވަލް ބޭންގައި އޮތް ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. 

"މުބާތާތް ބާއްވާ ގައުމުގެ އިމިގްރޭޝަން މަރުހަލާގެ ކަންކަމުގައި، ފީފާ އިން ބައިވެރި ނުވާނެ. އަދި މި ވަގުތު އާޓަންގެ ހާލަތަށް ބަދަލެއް ނާންނާނެ. މީގެ ކުރިން ބާއްވާފައިވާ ފީފާ އިވެންޓްތަކެކޭ އެއްފަދައިން، ވިސާ ލިބޭނީ ކޮން ބަޔަކަށް ކަމަށާއި އެ ގައުމަށް އެތެރެވޭނެ ފަރާތްތައް ކަނޑައަޅާނީ މުބާރާތް ބާއްވާ ގައުމުގެ ސަރުކާރުން،" އާޓަމްގެ ނަން ނުގެނެސް ފީފާއިން ނެރުނު ބަޔާނެއްގައިވެ އެވެ.

ސޯމާލިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އާޓަމް މައްސަލައިގައި ކަންކަން ހިނގައިދިޔަ ގޮތް އަވަސް ފުރުސަތެއްގައި އޮޅުންފިލުވައިދިނުމަށް އެދިފަ އެވެ. އާޓަމް އަންނަނީ، 2018 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުަގައި އިންސާފުކުރަމުންނެވެ. 

ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ފީފާ ވާރލްޑް ކަޕްގައި ވާދަކުރާ ގައުމު ތަކާއި އޮފިޝަލުންނާއިމެދު ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މުބާރާތް ބާއްވާ ގައުމުތަކުން އަމަލުކުރުމަށް ފީފާގެ ގައިޑްލައިންގައި އޮތް ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެއާއި ހިލާފަށް އެތައް ކަމެއް ދަނީ ފެންނަމުންނެވެ. 

މި ކަމުގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އަށް ވަނީ އެމެރިކާގެ މައްޗަށް ކުރި ހޯދުމުގައި ނުކުޅެދިފަ އެވެ. ވޯލްޑް ކަޕަށް ދެ ދުވަހަށް ވީއިރު އެމެރިކާ އަށް ދަތުރުކުރުމަށް އީރާންގެ ފުޓްބޯޅަ ޓީމަށް ވިސާ ދިނުމުގައި ވެސް އެމެރިކާއިން އަންނަނީ އެތަށް ބަހަނާއެއް ދައްކަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;