ads
ރަޝިޔާގައި ކޮވިޑް-19 ޖެހުނު މީހުން ދެ ލައްކަ އަށް ވުރެ މައްޗައް
ރަޝިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދެ ލައްކަ އަށް ވުރެ މައްޗައް އަރައިފި އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އެންމެ ފަހުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި ރަޝިޔާ ގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 209,688 އަށް އަރާފަ އެވެ. އެގޮތުން، ރަޝިޔާ އަކީ ދުނިޔެއިން ދެ ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަސް ވަނަ ގައުމެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފިޔަވަޅު ތަކެއް އަޅާ ލޮކްޑައުން ގެ އަމުރެއް ރަޝިޔާ އިން ނެރިފައިވާއިރު، އެކަށީގެންވާ ނަތީޖާއެއް ފެނިގެން ނުދާ ކަމަށް އެ ގައުމުގެ އިދާރާ ތަކުން ދަނީ ބުނަމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން 11،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ކުރީ ދުވަހު 10،000 އަށް ވުރެ ގިނަ މީހުން އެ ގައުމުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. ރަޝިޔާގައި ދުވާލެއްގެ މައްޗައް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުން ދާއިރު، ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 88 މީހަކު ވަަނީ މިބަލީގެ ސަބަބުން މަރުވެފަ އެވެ.

ރަޝިޔާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 1915 ގަ އެވެ. އަދި 34,306 މީހުން ވަނީ މި ބަލިން ފަރުވާ ދީގެން ރަނގަޅު ކުރެވިފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް