
ދިރާގާއި ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެސްއެމް)ގެ އޮފިޝަލުން. - ފޮޓޯ/ދިރާގު
ދިރާގުން ލޯފަން ކުދިންގެ ޖަމިއްޔާއަށް އެހީވަނީ
އަލީ މިދުހަތު
01 ޖުލައި 2025 - 23:00:29
ދިރާގުގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުން، ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ށ. އަތޮޅުގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކޭމްޕަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ބީވީއައިއެސްއެމް އަކީ ރާއްޖޭގެ ލޯފަން ކުދިންގެ ހައްގުތަކަށް ވަކާލާތުކުރަމުންދާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ރަށު ކައުންސިލުތަކާ ގުޅިގެން ކަނޑިތީމު، މިލަންދޫ، ފުނަދޫ އަދި ކޮމަންޑޫގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތްތަކުގެ މަގުސަދަކީ، ލޯފަން ކުދިން މުޖުތަމައުގައި ޝާމިލުކޮށް، މި ކަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
"[ފޯން މީޓިން] ހިދުމަތަކީ ބީވީއައިއެސްއެމް މެންބަރުންގެ މެދުގައި ހިލޭ ކޮންފަރެންސް ކޯލުތައް ކުރެވޭ ގޮތަށް، ބީވީއައިއެސްއެމްގެ ބައްދަލުވުންތައް ބޭއްވުމަށާއި ޓްރެއިނިން އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދޭ ހާއްސަ ޕްލެޓްފޯމެއް،" ދިރާގުން ބުންޏެވެ.
ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. މި ގޮތުން، ދިރާގުން ދަނީ މި ފަދަ ފަރާތްތައް ބާރުވެރިކުރުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް