ads
ޒުވާން ހަތީބުންގެ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން
ޒުވާން ހަތީބުން 5 ވަނަބުރުގައި ބައިވެރިވާ ހުޅުވާލައިފި
މިވުޒާރާއިން ކުރިއަށްގެންދާ ޒުވާން ހަތީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރު ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ ޒުވާން ހަތީބުން 5 ވަނަބުރު ކުރިޔަށްދާނީ އަންނަ މަހުކަމަށެވެ. 

ހުށައަޅަންޖެހޭ ލިޔުންތައް އަދި ފުރިހަމަ ވާންޖެހޭ ޝަރުތުތައް

  • ގްރޭޑް، 10،11،12 ކިޔަވާ ނުވަތަ ކިޔެވުންނިމި 18 އަހަރު ފުރިފައިނުވާ ކުއްޖެކަމުގައި ވުން
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ
  • ސްކޫލުގައި އުޅޭނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން
  • ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުން (18 އަހަރު ނުފުރޭނަމަ)

your imageޒުވާން ހަތީބުންގެ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން

އިސްލާމިކް މިނިސްޓްރީން ބުނީ މި ބުރުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންގެ ޓުރެއިނިން ހަދާނީ މާލޭގައި ފޭސްޓު-ފޭސް ކޮށެވެ. ރަށްރަށުގައި އަދި ރާއްޖޭއިން ބޭރުގައި އުޅޭ ދަރިވަރުންގެ ޓުރެއިނިން ހަދާނީ އޮންލައިންކޮށްކަމަށާއި އެހެންނަމަވެސް ފޭސްޓު-ފޭސްކޮށް ހާޒިރުވެގެން ޓުރެއިނިން ހަދަންބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު އޮންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ބުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ހުށައެޅުމަށް މިނިސްޓްރީން ބުނެއެވެ. 

ޒުވާން ހަތީބުންގެ މިވަގުތުގެ އަދަދަކީ 532ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ސެޕްޓެމްބަރުމަހުގެ ކުރިން އަމާޒުކޮށްފައިވާ 1000 ހަތީބުން ހަމަކުރުމަށްކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;