ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ ކެމްޕެއިންގައި ނ. ކުޑަފަރީއަށް ވަޑައިގެން އެރަށޫގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ މަހަށް ދިޔުމާއި ކޭކު އެޅުމާއި ހެދިކާ ހެދުމާއި ފެހުން ފަދަ އަމިއްލަ މަސައްކަތްތައް ކުރާ މީހުންނަށް އެމްޑީޕީން ސިޔާސަތުތައް އެކުލަވާލައި އާމްދަނީ ހޯދަން މަފުފަހިކޮށްދެއްވާނެކަމަށެވެ.
އެމްޑީޕީގެ، ތަސައްވުރަކީ ރައްޔިތުން މުއްސަނދިކޮށް، ދަރަނި ދެއްކުންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ގޭބިސީތަކަށް މިހާރު ލިބޭ އާމްދަނީ ދެގުނަ ވާންޖެހޭކަމަށެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް 60،000 ރުފިޔާ ލިބޭނެ މަގު އެމްޑީޕީ ވެރިކަމުގައި ފަހިކޮށްދެއްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
އެ ފަދަ "ބޮޑެތި ވާހަކަތައް" ފުރަތަމަ ގަބޫލުކުރަން އުނދަގޫވެދާނެ ކަމަށާއި އެކަމަކު އެއީ ކުރެވިދާނެ ކަންކަން މީގެ ކުރިންވެސް އެމްޑީޕީން ސާބިތުކޮށްދީފައިވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ވާހަތައް ހިފައިގެން ރައްޔިތުން ކުރިމަޢްޗަށް ނުކުމެ އެކަންކަން ހާސިލުކޮށްފައިވާކަން ނަޝީދު ފާހަގަކުރެއްވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;